ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ސެން ކުލާސްރޫމް ހެދުން

ހަނިމާދޫ ސްކޫލް                           

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2019/038

އިޢުލާނު

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

  1. މިސްކޫލްގައި ސެން ކްލާސްރޫމެއް ހެދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ސެޕްޓެންބަރު 19 އިން 2019 ސެޕްޓެންބަރު 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، މި ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
  3. މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެންބަރު 25 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. 
  4. މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ. 
  5. ބިޑް ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 02 ވާ ބުދަ ދުވަހުގެ 11:00ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް، މި އިޢުލާނާއެކު އެޓޭޗް ކުރެެވިފައި ވާނެއެވެ. 
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު، ތިރީގަިއވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ. 

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

                             19 މުޙައްރަމް 1441

                             18 ސެޕްޓެންބަރު 2019

18 ސެޕްޓެންބަރު 2019
ހޯދާ