ފަހި ދިރިއުޅުން ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑިސްޕެޗް އޮފިސަރ

މި ކޯޕަރޭޝަނުން ޑިސްޕެޗް އޮފިސަރ ވަޒީފާއަށް ކުރި FDC-IUL/2019/16 ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މި ވަޒީފާއާއިބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މަޤާމު:

ޑިސްޕެޗް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ފަހިދިރިއުޅުން ކޯޕަރޭޝަން، 8 ވަނަ ފަންގިފިލާ، ހ. އޯކިޑް، ކ. މާލެ.

މަޤާމުގެ ޝަރުޠު:

 1. ގްރޭޑް 10 ނިންމާފައިވުން.
 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.
 3. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށް ފަރުވާބަހައްޓާ މީހަކަށް ވުން.
 4. ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 1. އޮފީހުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ޑިސްޕެޗްކޮށް ބެލެހެއްޓުން.
 2. ޑިޕާޓުމަންޓުން އަންގާގޮތެއްގެ މަތިން ޑިސްޕެޗް ރިޕޯޓް ތައްޔާރުކުރުން.
 3. އޮފީހަށް ނަގަންޖެހޭ މުދަލާއި ތަކެތި ނެގުމަށް ސެކްޝަން/ ޔުނިޓުތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތަށް އެތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި އޮފީހަށް ގަންނަންޖެހޭ ތަކެތި ގަންނަން ދިއުން.
 4. އޮފީހުގެ ބައްދަލުވުންތަކަށް މީޓިންގ ރޫމް ތައްޔާރުކުރުމާއި، ބައްދަލުވުން ހިނގާ ވަގުތުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 5. އޮފީސް ސާފުކޮށް ބެލެހެއްޓުން.
 6. މީޓިންގ ރޫމް އަދި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން.
 7. ސައިކޮޓަރިއަށް ބޭނުންވާ ތަކެތި ހަމަކޮށް، ބެލެހެއްޓުން.
 8. އޮފީހުގެ އެހެނިހެން ޑިޕާޓުންމަންޓުތަކުން ޑިސްޕެޗް ޚިދުމަތް ބޭނުންވެއްޖެ ހާލަތްތަކުގައި އެ ޚިދުމަތް ފޯރުކޮށްދިނުން.
 9. މީގެ އިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
 3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
 5. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަންގެ އޮފީސް (ހ. އޯކިޑް8B  އަމީރުއަޙްމަދު މަގު، މާލެ، 20095) އަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު 3313244 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2019
ހޯދާ