ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.އަތޮޅު ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުން

                                                                ނަންބަރ: 242/242/2019/25(IUL)

 

                                       އިޢުލާން

ގދ. އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާ  ކުރުން

               މިކައުންސިލް އިދާރާގައި ބޭނުންކުރުމަށް ލޯގޯ އެއް ތައްޔާރު ކުރުމަށް ބޭނުންވެއްޖެ އެވެ.

               ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ މަޢުލޫމާތާއި އެއްގޮތަށް ލޯގޯ ފަރުމާކުރެއްވުމަށްފަހު ލޯގޯ އާއި، ފަރުމާ ކުރެއްވި ފަރާތުގެ ވަނަވަރާއެކު 3 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13.00އަށް މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. އެންމެ ރަގަޅު ލޯގޯ އެއް ހުށަހަޅުއްވާ ފަރާތަކަށް (-/5000ރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

  • މިލޯގޯއިން މިއަތޮޅަކީ އުފެއްދުންތެރި އަތޮޅެއްކަން ހާމަކޮށް ދިނުން
  • އެއްވެސް ތަނެއްގައި ބޭނުންކުރަމުންދާ ލޯގޯ އަކަށް ނުވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން
  • މި ލޯގޯ ފަރުމާ ކުރައްވާނީ ނޫ،ފެހި ކުލަ ބޭނުންކޮށްގެންނެވެ.
  • 20MM X 20MM ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  • ލޯގޯ އިން ރަމްޒުކޮށްދޭ އެއްޗެއްގެ ތަފްޞީލް ހުށަހެޅުން
  • ހުށަހަޅާ ލޯގޯގެ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ އިދާރާ އަށް ހުށަހެޅުން

 

އެންމެ ރަގަޅު ލޯގޯ އެއް ހޯދުމުގައި ބަލާނެ ކަންތައް ތައް:

1-    ލޯގޯގެ ޝަރޕްނެސް                   15 މާކްސް

2-    މަގްސަދު ޙާސިލް  ކުރެވޭ މިންވަރު         40 މާކްސް

(މަގްސަދަކީ ގދ. އަތޮޅުގެ ފަންނުވެރިކަން)

3-    އުފެއްދުންތެރިކަމަށް                   45 މާކްސް

 

                     18 މުހައްރަމް   1441     

                     17 ސެޕްޓެމްބަރ 2019

 

                                                                        ޚާދިމުކުމް

 

                                                                  މުޙައްމަދު ނާޞިހް ރަޝީދު

                                                           ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް

 

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

    ތިނަދޫ.

 

          

17 ސެޕްޓެންބަރު 2019
ހޯދާ