ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރެކް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާންް

ޓްރެކް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން 

 

          އެއްގަމުގެ ލައިސަންސް ދޫކުރުމަށް ޓްރެކް ހެދުމަށް ވޭމަންޑޫ އިންޖީނުގޭގެ ދެކުނު ފަރާތުން މިއިދާރާއަށް ދޫކޮށްފައިވާ 140  130X ) 18200 އަކަފޫޓް )

ބިމުގައި ޓްރެކް ހެދުމަށް ބޭނުންވާތީ، މިއިދާރާއިންދޭ ކުރެހުމަކާއި އެއްގޮތަށް އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު

ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހުށަހެޅުމަށް

ދުރުވާ ފަރާތްތަކުން، އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި

ނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

23 ސެޕްޓެމްބަރ 2019 ( ހޯމަ ) ދުވަހުގެ 10:30 އަށް

30 ސެޕްޓެމްބަރ 2019 ( ހޯމަ ) ދުވަހުގެ 11:00 އަށް

          އަދި ދަންނަވަމެވެ. މިއިދާރާގެ ނަންބަރު  (IUL)239-PS/239/2019/26 ( 27 އޯގަސްޓް 2019 ) އިޢުލާނާއިގުޅިގެން އެކަށީގެންވާ ވަރަށް

ކުރިމަތި ލައްވާފައިނުވާތީ، އެ އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބާތިލްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ : 9966030 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

           18 މުޙައްރަމް 1441

           17 ސެޕްޓެންބަރ 2019

                                                                    ރިޟްވާން ޢަބްދުﷲ

                                                              ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ރައީސް 

 

 

17 ސެޕްޓެންބަރު 2019
ހޯދާ