ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމް:             އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަންބަރު:       J-283085    

ބޭނުންވާ އަދަދު:        01 (އެކެއް)

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކް:         ޖީ. އެސް 4

މަޤާމުގެ ކްލެސިފިކޭޝަން :  އޮފިސަރ ގްރޭޑް 2

 ސެކްޝަން:          އެޑްމިން ސެކްޝަން

މަޤާމް އޮތް އޮފީސް:      ރ. ދުވާފަރު ޕްރައިމަރީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:  ރ.  ދުވާފަރު ޕްރައިމަރީ ސްކޫލް

 މުސާރަ :           -/5020ރުފިޔާ

ސަރވިސް އެލަވަންސް:    -/1500ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް:  -/700ރުފިޔާ

އިތުރު އިނާޔަތްތައް:    1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

              2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

              3. ސިވލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ނިކުތުމަށް ހަމަޖައްސަވާފައިވާ ސެޝަނަށް ޙާޟިރުވެ ސޮއި ކުރުންމަށްފަހު ލައިބްރަރީއާ  ގުޅުންހުރި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއްކުރުން.
  2. ލައިބްރަރީއަށް އެތެރެވާ (ހޯދާ) ދިވެހި، އިނގިރޭސި ބަހުގެ ފޮތްތަކާއި ނޫސްމަޖައްލާ ފަދަ ކެޓެލޮގްތައް ސެލޯފޭން ލައްވާ ޤަވާޢިދުން އެންޓަރކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމުމާއި ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ، ކޮމްޕިއުޓަރައިޒްކޮށް ބެލެހެއްޓުން.
  3. ފޮތްތަކާއި ބެހޭގޮތުން ކުރަންޖެހޭ ޕްރޮފެޝަނަލް މަސައްކަތްތަކާއި ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ ސްކޫލްގެ އިދާރާއާއި / މަސައްކަތާއި ގުޅޫގޮތުން ރިޕޯރޓްކުރަންޖެހޭ ފަރާތާއި މަޝްވަރާކޮށް އެކަމެއް ނިންމުން.
  4. އަލަށް ލިބޭ ފޮތްތައް ކެޓަގަރައިޒްކުރުމާއި ލައިބްރަރީއަށް އެތެރެވާ ފޮތްތަކުގައި ސްކޫލްގެ ނުވަތަ ލައިބްރަރީގެ ރަސްމީ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރުން.
  5. ލައިބްރަރީގައިވާ ހަރުގަނޑުތަކާއި، ފޮތްތައް ފޮޅާ ސާފުކުރުން. އެގޮތުން މަދުވެގެން ހަފްތާއަކު 1 ފަހަރު މަސައްކަތު މީހުން ލައްވާ ހިރަފުސްފޮޅުމާއި ލައިބްރަރީ ހަރުގަނޑުތަކުގައިވާ ފޮތްތައް، އިންތިޒާމުނުގެއްލޭނޭހެން އަދި ހަލާކު ނުވާނޭހެން ތަރުތީބުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ކޮށް ނިންމުމަށް މަސައްކަތްކުރުން.
  6. ލައިބްރަރީއަށް އަމާޒުކޮށް ހިންގޭ ދަރިވަރުންގެ އެކި އެކި ޕްރޮގްރާމްތަކާއި ކްލާސްތައް ރާވާ ހިންގުމާއި ލީޑިންގ ޓީޗަރުންނާއި، މުދައްރިސުންނަށް އެހީތެރިވުން.
  7. ދަރިވަރުން އަނބުރާ ދައްކާގޮތަށް ގެންދާ ފޮތްތައް ހަމަޖެހިފައިވާ އުސޫލުން ދޫކޮށް، އަދި އަނބުރާދައްކާ ފޮތްތައް ޤަވާޢިދުން ބަލައިގަނެ، އެކަންކަމުގެ ފުރިހަމަ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން. އަދި ދަރިވަރުން ފިޔަވައި އެހެންފަރާތަކުންވެސް ފޮތެއްގެންދިޔަސް އެ އުޞޫލުން ޢަމަލުކުރުން.
  8. ލައިބްރަރީގައި ކުދިންތިބޭއިރު އެކުދިންނަށް ބޭނުންވާ ފޮތްހޯދާދިނުމުގައާއި ފޮތްކިޔާ ނިމުމުން އެފޮތް ބަހައްޓަންވާ ތަނުގައި ބެހެއްޓުމަށް ދަރިވަރުންނަށް އެހީތެރިވުމާއި ލައިބްރަރީއަށް އަންނަދަރިވަރުންގެ އެހެނިހެން ހަރަކާތްތައް ހުންނަގޮތްވެސް ބެލުން.
  9. ލައިބްރަރީގައި އަޑުގަދަވިޔަ ނުދިނުމަށް ބާރުއެޅުމާއި އަޚްލާޤީ މިންގަނޑު ދެމެހެއްޓުމަށް ބާރުއެޅުމުގެ އިތުރުން ލައިބްރަރީގެ ޤަވާޢިދުތަކާއި އުޞޫލުތައް އިދާރާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ލިޔެ އެންމެންނަށް ފެންނާނޭހެން ލައިބްރަރީ ނޯޓިސްބޯޑުގައި ބެހެއްޓުން.
  10. ލައިބްރަރީ ޑިސްޕްލޭކުރުމުގެ މަސައްކަތް ކުރުން.
  11. ލައިބްރަރީގެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތައް ލައިބްރަރީ ބެލެހެއްޓުމާއި ހަވާލުވެހުންނެވި ސްކޫލްގެ ވެރިއެއްގެ ޙާޟިރުގައި ބޭއްވުމަށް މަސައްކަތްކުރުން. މިގޮތުން ބާއްވާ  ބައްވާބައްދަލުވުންތަކުގެ މަޢުލޫމާތު ސްކޫލް ހިންގުމާ ހަވާލުވެހުންނަ އިސްވެރިއަކަށް ދިނުން.
  12. ލައިބްރަރީގައި ހިންގޭ ޕްރޮގްރާމްތަކާއި ލައިބްރަރިގައި ނެގޭ ގަޑިތަކާއި ބެހޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމާއިބެހޭ ސްޕަވައިޒަރަކަށް ނުވަތަ އިސްވެރިއަކަށް އެންގުމާއި ލައިބްރަރީގައި އިން ދަރިވަރެއްގެ ފަރާތުން ޤަވާޢިދާއި ޚިލާފް ކަމެއްފެނިއްޖެނަމަ އެކަމެއްވެސް ނޯޓްކޮށް އެދަރިވަރެއްގެ ލީޑިންގ ޓީޗަރަށް އެންގުން.
  13. އަނބުރާ ދައްކާގޮތަށް ދޫކުރެވޭފޮތްތައް މުއްދަތު ހަމަވާއިރު ނުދައްކައިފިނަމަ އެފަރާތަކަށް އެކަން އަންގާ ފޮތްހޯދުމާއި ކޮންމެ ތަޢުލީމީ އަހަރެއްނިމި، ބިދޭސީ ޓީޗަރުން ޤައުމަށް ދުވާފަރުން ފުރުމުގެ ކުރިން އެމީހުންނަށް ދޫކުރެވިފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުމުގެ އިތުރުންވެސް ތަޢުލީމީ އަހަރު ނިމި ސްކޫލް ބަންދުވުމުގެ ކުރިން އެއަހަރަކު އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުން.
  14. ނަމްބަރ 13ގައިވާ ކަމަކާއި ގުޅިގެން މަސްއަލައެއް ދިމާވެއްޖެނަމަ ވަޤުތުން އެކަން އިދާރާއަށް އެންގުން.
  15. ރަސްމީ ގަޑީގެ އިތުރަށް، ސްކޫލްގައި ހިންގާ އެހެނިހެން ހަރަކާތްތަކަށްވެސް ކަނޑައަޅާ ގަޑިތަކަށް ޙާޟިރުވުން.

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދައިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ

2. 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދައިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

- ލައިބްރަރީ ސައިންސް

ތަޢުލީމީ ރޮނގުތައް:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- ލައިބްރަރީ ސައިންސް

- ޕަބްލިކް އެޑްމިނސްޓްރޭޝަން

 ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯރމް ސިވިލް ސަރިވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ސްކޫލުން ލިބެން ހުންނާނެއެވެ.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  

  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-   ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިއުން.

5-  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-  ވަޒީފާގެ މަސއްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-  ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-  މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

-   ޙާޞިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

-   މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

-   މަސައްކަތުގެ ހުނަރާއި،ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

- މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  25 ސެޕްޓެމްބަރ 2019 ވާ  ބުދަ ދުވަހުގެ މެންދުރު  13:00 ގެ ކުރިން،  ދުވާފަރު ޕްރައިމަރީސްކޫލުގެ ކައުންޓަރަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާއިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

މި ވަޒީފާއަށް މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ސެޕްޓެމްބަރ 26 ން ސެޕްޓެމްބަރ 29 އާއި ދެމެދު ގެ ތާރީޚެއްގައި ދުވާފަރު ޕްރައިމަރީ ސްކޫލުގައެވެ. ވުމާއިއެކު މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. 

ޝޯޓްލިސްޓް ކުރުން:

 މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:   މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6582703 ނަންބަރު ފޯނާއެވެ.

18 މުޙައްރަމް 1441

17 ސެޕްޓެމްބަރ 2019

 

17 ސެޕްޓެންބަރު 2019
ހޯދާ