ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީބިން ދޫކުރުމާއި ބެހޭ

           އިޢުލާން

ކުލީބިން ދޫކުރުމާއި ބެހޭ:

           މިރަށު ބަނދަރު ސަރަހައްދުގައި އޮތް  20 އަދި 14 ނަމްބަރު ކުލީބިމާއި، ވޭސްޓްމެނޭޖްމަންޓް ސަރަހައްދުގައި އޮތް 34 އަދި 35 ނަމްބަރ ކުލީބިން ، ބީލަން އުސޫލުން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ.

           ވީމާ، މަތީގައިވާ ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރު ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           17 މުހައްރަމް 1441

           16 ސެޕްޓެމްބަރ 2019

16 ސެޕްޓެންބަރު 2019
ހޯދާ