މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެތެރެއިން މިއަތޮޅުގައި 1000 ހައުސިންގ ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައެވެ. މި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށް ޕްލޭންކުރެވިފައިވަނީ ޔުނިޓެއްގެ ބޮޑުމިނުގައި ގާތްގަޑަކަށް 900 އަކަފޫޓް (03 ކޮޓަރީގެ އެޕާރޓްމަންޓް) ކަމަށާއި އަދި ޔުނިޓް އަޅާ ގޯތީގެ ބޮޑުމިނަކީ ގާތްގަޑަކަށް 1400 އަކަފޫޓް ހިމެނޭގޮތަށެވެ. އަދި ބޭނުންފުޅުވެލައްވާނަމަ، 02 ބުރިއަށް ނުވަތަ 03 ބުރިއަށްވެސް ޢިމާރާތް ކުރެވިދާނެކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓުން މަޢުލޫމާތު ދެއްވައެވެ.  ވީމާ، މަޝްރޫޢުގެ ތެރެއިން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ 203 ހައުސިންގ ޔުނިޓަށް ޝައުޤުވެރިވެލައްވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކުގެ ޢމަޢުލޫމާތު އެއްކުރުމަށް ބޭނުންވާތީ، މިރަށުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގައި ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ލިޔެކިޔުންތަކާއެކު، 2019 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން، މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

* ގޯތީގައި ޢިމާރާތްކުރުމަށް ބޭނުންވާކަމުގެ ސިޓީ

* ވެރިފަރާތުގެ އައި. ޑީ. ކާޑުގެ ކޮޕީ

* ގޯތީގެ ރަޖިސްޓްރީގެ ކޮޕީ

 

މި އިޢުލާނާއިއެކު، " ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރަން ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމާއިބެހޭ އުޞޫލް" ޢާއްމުކުރީމެވެ. އަދި މި އުޞޫލަށް އެއްވެސް އުނި އިތުރެއް އަތުވެއްޖެނަމަ، އެބަދަލެއް ޢާއްމުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، ދެންނެވިފައިވާ އުޞޫލާއި އެއްގޮތަށް މިރަށުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތިތަކުގައި ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން ޢަމަލުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

16 ސެޕްޓެންބަރު 2019
ހޯދާ