މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

ނަމްބަރ: GS78/IULAAN/2019/36

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

               މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.  

 

 • މަޤާމް: ޓީޗަރ (ރިލީފް ޓީޗަރ)
 • ބޭނުންވާ އަދަދު: 1 (އެކެއް)
 • މަޤާމުގެ ގިންތި: ކޮންޓްރެކްޓް
 • ވަޒީފާ އަދާކުރާތަނާއި ރަށް: ޝެއިޚް އިބްރާހިމް ސްކޫލް / ހއ.ކެލާ
 • މުސާރަ: މަހަކު 4،500.00 ރުފިޔާ – 6،090.00 ރުފިޔާ އާއި ދެމެދު
 • ސަރވިސް އެލަވަންސް: މަހަކު 1،500.00 އާއި 2500.00 ރުފިޔާ އާއި ދެމެދު
 • އެހެނިހެން އެލަވަންސް
 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 3. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1 . ހަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުން.

2. ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން.

3. ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި،ރިކޯޑްކުރުމާއި، އެމަޢުލޫމާތުތައް ހިއްސާކުރަންޖެހޭ ފަރާތްތަކާއި 

  ހިއްސާކުރުން.

4. ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ހަވާލުކުރަންޖެހޭ އެންމެހައި ތަކެތި (ސްކީމް އޮފް ވަރކް، ލެސަންޕުލޭން، މާކުސް ޝީޓްފަދަ) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ހަވާލުކުރުން.

5. އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި ސްކޫލް ކުދިންގެ ޤަވާއިދުތަކަށް ދަރިވަރުން އަހުކުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން.

6. ޙަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފް ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރި ގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން.

7. ޙަވާލުކުރެވިފައިވާ މާއްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން.

8. ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން.

9. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ފިޔަވައި އެހެން ހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުން.

10. ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން.

11. ފިލާވަޅުތަކާއި ގުޅޭގޮތުން ކުލާސްރޫމުގައި ޑިސްޕުލޭކުރުން.

12. ސްކޫލުން އިންތިޒާމްކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ހާޒިރުވުން.

13. ސްކޫލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

14. ސްކޫލް ހުރިހާ ވަސީލަތްތައް (ލައިބުރަރީ، އިންޓަރނެޓް، ސްމާޓްބޯޑް، ޓެބުލެޓްފަދަ) ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތަކަށް ބޭނުންކުރުން.

15. ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އެޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން.

16. ސްކޫލުން ހަވާލުކުރެވޭ ޒިންމާތަކާއި ގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން.

17. ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން.

18. ކުލަބު ޖަމްޢިއްޔާތަކާއި، ޔުނިފޯމް ޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން.

19. ދަރިވަރުންނާއި، ބެލެނިވެރިންނާއި ސްޓާފުން އަދި ސްކޫލުގެ ސިއްރުތައް ހިފެހެއްޓުން.

20. ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގުރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

 

ފެންވަރު/ޝަރުޠު

މުސާރަ (މަހަކު)

ސަރވިސްއެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން:

4500.00 ރުފިޔާ

1500.00 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

5500.00 ރުފިޔާ

1500.00 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުން:

6090.00 ރުފިޔާ

2500.00 ރުފިޔާ

 

 

 

ހުށައަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން އަދި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްކާއި ޓްރާންސްކަރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
 2.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
 3.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ  އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ  އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި

    މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން  

    ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންކަން:

1 – ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

2 – މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

3 – މަސައްކަތުގެ ހުނަރާއި،ފެންވަރާއި ޤާބިލްކަމާއި ސިފަތަށް

 

މަޤާމަށް އެދެންވީ ގޮތުގެ ސުންގަޑި:

މަޤާމަށް އެދި ހުށައަޅަން ޖެހޭތަކެތި ހުށައަޅާނީ  25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ޝެއިޚް އިބުރާހިމް ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމް ޝައިޚް އިބުރާހިމް ސްކޫލް އޮފީހުން ލިބެންހުންނާއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަރވިއު އޮންނާނީ 2019 ސެޕްޓެމްބަރ 26 ވާ ބުރާސްފަތި ދުވަހާއި 2019 އޮކްޓޯބަރ 3 ވާ ބުރާސްފަތި ދުވަހާއި ދެމެދު ޝައިޚް ބުރާހިމް ސްކޫލްގައެވެ. އިންޓަރވިއު އޮންނާނެ ގަޑި ފަހުން އެންގޭނެއެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން :

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 

އިތުރު މަޢުލޫމާތް :

މި އިއުލާނާއި ގުޅިގެން މައުލޫމާތް ސާފްކުރުމަށް ގުޅުއްވާނީ 6500097 އަށެވެ. އަދި އީ- މެއިލް ކުރަށްވާނީ ޝެއިޚް އިބުރާހިމް ސްކޫލްގެ އީ- މެއިލް  [email protected] އަށެވެ. 

16 ސެޕްޓެންބަރު 2019
ހޯދާ