ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

އިޢުލާން

 މަޤާމް:            އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:         J-1315720

ބޭނުންވާ އަދަދު:           01                        

މަޤާމުގެ ގިންތި:          ދާއިމީ

މަޤާމުގެ ރޭންކް:          ޖީ.އެސް 4     

މަޤާމުގެ ކްލެސިފިކޭޝަން:       އޮފިސަރ ގްރޭޑް 2 

މަޤާމް އޮތް އޮފީސް:        ށ.ފޯކައިދޫ ސުކޫލް  

ވަޒީފާ އަދާކުރަން ޖެހޭ ތަން:     ށ.ފޯކައިދޫ ސުކޫލް

މުސާރަ:             -/5020 ރުފިޔާ

ސަރވިސް އެލަވަންސް:       -/1500 ރުފިޔާ

އެހެނިހެން އެލަވަންސް :     

  • ސިވިލްސާރވިސް މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯރޓިންގ ކޯރ އެލެވަންސް 2 (700ރ މަހަކު)
  • ސިވިލްސާރވިސް މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް
  • ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންސަން ކޮންޓްރިބިއުޝަން
  • ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ ޔައުމިއްޔާ ލިޔުމާއި މުވައްޒަފުންގެ ޙާޟިރީ އާއި ގުޅޭ އެންމެހާ ކަންތައްތައް ކުރުން.
  2. މުވައްޒަފުންގެ ޙާޟިރީ ރިޕޯޓްތައް މަހުންމަހަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތަތަކަށް ފޮނުވުމާއި ގަޑިޖެހޭ މުވައްޒަފުން ބަލާ ގަޑީ ފައިސާ ނެގުމަށް ފައިސާ އާބެހޭ ބޭފުޅުންނަށް މައުލޫމާތު ދިނުމާއި، މިކަމުގެ ރެކޯޑުތައް  ބެލެހެއްޓުން.
  3. ސްކޫލުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުމާ އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ފޮނުވުން. އެކަމާގުޅޭ ލިޔެކިޔުން ބެލެހެއްޓުން.
  4. ޕްރިންސިޕަލްގެ ސެކްރެޓޭރިއަލް އެންމެހާ ކަންތައްތައް ޕްރިންސިޕަލް އަންގަވާގޮތަކަށް ކުރުން.
  5. ސްކޫލްގައި ހިމެނޭ އެންމެހައި ތަކެތީގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުން އަދި ސްކޫލްގެ އެކި ކަންކަމަށް ހޯދޭ ސްޓޮކް ބެލެހެއްޓުން. އަދި ސްޓޮކަށް ހޯދަންޖެހޭ ތަކެތީގެ މަޢުލޫމާތު އެތަކެތި ހޯދޭހާ ވަގުތު އޮއްވާ ބަޖެޓް މަސައްކަތްކުރައްވާ ފަރާތްތަކަށް ދިނުން.
  6. މުދަލުގެ ތެރެއިން ޙަލާކުވާ ތަކެތި ނީލަންކިޔުމާއި ، ނައްތާލުމާއި މިކަންކަމަށް ބޭނުންވާ މައުލޫމާތު ފޮތުގައި ރެކޯޑުކޮށް ބަލަހައްޓާ ކަމާބެހޭ ހުރިހާ އިންތިޒާމެއް ހަމަޖެއްސުން.
  7. އިދާރީ ކަންކަމާއި ގުޅޭގޮތުން ލިޔަންޖެހޭ ސިޓީ/ މެސެޖް ލިޔުމާއި އެލިޔެކިއުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
  8. ސްކޫލްގެ އެންމެހައި ލިޔެކިޔުންތައް ހޯދަން ބޭނުންވެއްޖެނަމަ ފަސޭހައިން ފެންނާނޭ އިންތިޒާމެއްގެ މަތީން ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  9. މުވައްޒަފުންގެ ސަލާމް/ޢާއިލީޒިއްމާ، ފޯމާއި ސަޓިފިކެޓް ހުށައެޅުމުގެ ކަންތައްތައް ބަލާ ޗެކުކޮށް ހުށަނާޅާ މީހުންނާ ބެހޭ މައުލޫމާތު ވެރިންނާ ހަމައަށް ގެންގޮސް ، އެކަމުގެ ރެކޯޑުތައް ބެލެހެއްޓުން.
  10. މީމިސްގެ މަސައްކަތުން ޙަވާލުކުރެވޭ ކަންކަން ކުރުން
  11. މުވައްޒަފުންގެ އެޕްރައިސަލް އާއި ގުޅޭ ކަންތައްތައް ސިވިލްސާވީސް ކޮމިޝަން، މިނިސްޓްރީން އަންގަވާ ގޮތަށް ވެރިޔާގެ މަޝްވަރާގެމަތިން ކުރުން 

12 ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ދާއިރާތަށް:

  • އެޑްމިނިސްޓްރޭޝަން

ތައުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުތުތައް:

1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2. "މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "އީ" ގުރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސުކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން 'ސީ' ގުރޭޑް ލިބިފައިވުން

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއީ ޓްރާންސްކުރިޕްޓްގެ  ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކުރިޕްޓްގެ  ކޮޕީ

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮއްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު (%40)
  2. ސިވިލް ސާރވިސް ވަނުމަށްދެވޭ އިމްތިހާން ފުރިހަމަކޮށްފައިވުން (%5)
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު (10%)

 4.މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ މިންވަރު (%45)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ފޯކައިދޫ ސުކޫލުގެ އިދާރާއަށެވެ. އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 26 ސެޕްޓެމްބަރ 2019 އާއި 03 އޮކްޓޯބަރ 2019 އާ ދެމެދު، ގައެވެ. އިންޓަވިއު އޮންނާނީ ފޯކައިދޫ ސުކޫލުގައެވެ. ވުމާއެކު،މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،އެތާރީހުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540542 ނަންބަރ ފޯނާއެވެ އަށެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.

 

           17 މުޙައްރަމް 1441

           16 ސެޕްޓެމްބަރ 2019 

16 ސެޕްޓެންބަރު 2019
ހޯދާ