މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގެ ޖަދުވަލު: 2 (ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަކުރާ ދޫނީގެ ބާވަތްތައް މުރާޖަޢާކުރުން)

ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގެ ޖަދުވަލު: 2 (ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަކުރާ ދޫނީގެ ލިސްޓު) ގައި ހިމެނޭ Scarlet Macaw (Ara macao) އަކީ Convention on International Trade in Endangered Species of Wild Fauna and Flora (CITES) ގެ އެޕެންޑިކްސް: I ގައި ހިމެނޭ ދޫންޏަކަށްވާތީ، ދިވެހިރާއްޖޭގެ ސައިޓީސް މުޢާހަދާގެ ތަންފީޒީ އިދާރާ ކަމުގައިވާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ވަނީ ވިޔަފާރި ބޭނުމަށް މިދޫނި އެތެރެކޮށް ވިއްކުން މަނާކޮށްފައެވެ.

ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގައި ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކުރުމާ ގުޅިގެން އުފެދޭ ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ރާއްޖެއިން ބައިވެރިވުންފަދަ ޙާލަތެއްގައި ދޫނި އެތެރެކުރުން މަނާކުރަންޖެހިއްޖެ ހިނދެއްގައި މިކަން ކުރުމުގެ ބާރު މިމިނިސްޓްރީއަށް ވަނީ ލިބިދީފައެވެ. އަދި އެގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަދެވޭ ދޫނީގެ ވައްތަރުތައް ރިވައިސްކޮށް، ލިސްޓަށް ބަދަލެއް ގެނެވޭނީ ކަމާބެހޭ މިނިސްޓްރީތަކުގެ މަޝްވަރާއާ އެކީގައި ހަމައެކަނި މިމިނިސްޓްރީއަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ވީމާ، ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން  މިއިޢުލާނުގެ ތާރީޚުން ފެށިގެން ދިވެހިރާއްޖެއަށް Scarlet Macaw (Ara macao) އެތެރެކުރުން މަނާކޮށް، ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގެ ޖަދުވަލު: 2 ގައިވާ (LIST OF AVIAN SPECIES PERMITTED FOR IMPORT TO THE MALDIVES) ލިސްޓުން Scarlet Macaw (Ara macao) އުނިކުރުމަށްފަހު، ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙަވާލާދީފައިވާ އެލިސްޓް ރިވައިސްކޮށް އެލިސްޓަށް ބަދަލުގެނައިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2019
ހޯދާ