ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީގެ ޙިދުމަތް ލިބެންނެތް ރަށްރަށުން ލެބޯޓްރީހުރި ރައްރަށަށް ސާމްޕަލް ގެންގޮސްދޭނެ ފަރާތެއް ހޯދުން

ޢިއުލާން

 

ލެބޯޓްރީގެ ޙިދުމަތް ލިބެންނެތް ރަށްރަށުން ލެބޯޓްރީހުރި ރަށްރަށަށް ސާމްޕަލް ގެންގޮސްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލްއިން ކުރި ނަމްބަރ: GRH/IU/2019/03 ޢިއުލާނަން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ  ޢިއުލާން ބާތިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މިއަތޮޅުގެ ރަށްތަކުގެ ސިއްޙީމަރުކަޒުތަކުގެ ތެރެއިން ލެބޯޓަރީގެ ޙިދުމަތް މިވަގުތު ލިބެންނެތް މަރުކަޒުތަކުންނަގާ ސާމްޕަލް، ސާމްޕަލްނެގި މަރުކަޒާއި އެންމެ ގާތުން ޙިދުމަތް ލިބެންހުރި މަރުކަޒަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ސާމްޕަލް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ލ. ދަނބިދޫ ސިއްޙީމަރުކަޒުން ލ. މާބައިދޫ ސިއްޙީމަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.
  • ލ. މުންޑޫ ސިއްޙީމަރުކަޒުން ލ. މާބައިދޫ ސިއްޙީމަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.
  • ލ. މާމެންދޫ ސިއްޙީމަރުކަޒުން ލ. ހިތަދޫ ސިއްޙީމަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.
  • ލ. ކުނަހަންދޫ ސިއްޙީމަރުކަޒުން ލ. ހިތަދޫ ސިއްޙީމަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.
  • ހުކުރުދުވަހު ނުވަތަ ބަންދު ދުވަހެއްގައި ސާމްޕަލް ގެންދަން މަރުކަޒުން އެދިއްޖެނަމަ 1 ގަޑިއިރުތެރޭ ކަނޑައެޅިފައިވާ ރަށަށް ސާމްޕަލް ގެންގޮސްދޭން ޖެހޭނެއެވެ.
  • އުޅަނދަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ކަނޑައެޅިފައިވާ ވަގުތައް ސާމްޕަލް ނުވަތަ ސާމްޕަލް ކެރިއަރ ރައްކާތެރިކަމާއެކު ކަނޑައެޅިފައިވާ މަރުކަޒަކަށް ގެންދިއުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  • މި މަސައްކަތް ހަވާލުކުރެވޭނީ 6މަސް ދުވަހުގެ މުއްދަތަށެވެ.

ވީމާ މިކަމަށް ސައުގުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެންބަރ 2019 (ބުރާސްފަތި) ދުވަހު11:00ގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށްފަހު ނަންނޯޓު ކުރެއްވުން އެދެމެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރިބިޑް މީޓިން 12ސެޕްޓެންބަރ 2019 (ބުރާސްފަތި) ދުވަހުގެ 11:00ގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ލ. އަތޮޅު ސިއްހީ މަރުކަޒުތަކުގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ސެޕްޓެންބަރ 2019 ( އާދީއްތަ ) ދުވަހު 11:00ގައި، ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަދި އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގައެވެ.

09 ސެޕްޓެންބަރު 2019
ހޯދާ