ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތްތަކެއް ހޯދުމަށްބޭނުންވެއްޖެ

ބުރުނީގެ އިޖުތިމާޢީ ސަރަހައްދުތައް 03 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހައި ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ބޭނުންވާ ޢަދަދު:

  • ކުރިމަތިލާ ހުރިހާ ފަރާތެއް ( ޝަރުތު ފުރިހަމަވާ )

ޝަރުތު:

 

  • އުމުރުން 18 އަހަރު ފުރި ފައިވާ މީހަކަށްވުން
  • ·         ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއްކަމުގައި ވުން

މަސައްކަތު ވަގުތާއި އުޖޫރަ

  • ·         މިމަސައްކަތުގެ އުޖޫރަ ދެވޭނީ އިޖްތިމާއީ ސަރަހައްދު ކުނިކެހުމަށް ދައުލަތުން ދެއްވާ ފައިސާ އިން މަހަކަށް ޖެހޭ އަދަދު އެމަހަކު މަސައްކަތް ކުރި ދުވަސްތަކުގެ ޙާޟިރީ އަށްބަލައި  ހިސާބު ކުރުމަށްފަހު  ލިބޭ އަދަދަކީ  މަހަކަށް އެމީހަކަށް ލިބޭ އުޖޫރަ ކަމުގައި ބަލައިގެންނެވެ.
  • ·         މަސައްކަތަށް ނުނިކުންނަ ދުވަސްތަކަށާއި މަސައްކަތަށް ގަޑިޖެހިފައިވާ ވަގުތުތަކަށް ވާމިންވަރު އުޖޫރައިން އުނިކުރެވޭނެވެ.
  • ·         އާއްމު ގޮތެއްގައި މަސައްކަތް ކުރުން އޮންނާނީ ގިނަވަގެން މަހަކު 15 ދުވަހު، ދުވާލަކު 2 ގަޑިއިރުއެވެ. ނަވަވެސް ކައުންސިލުން ބޭނުންވެޖެނަމަ މިދުވަސްތަކާ ވަގުތު ބަދަލު ކުރުމުގެ އިހްތިޔާރު މަސައްކަތް ޙަވާލުކުރި ފަރާތަށް ( ބުރުނީ ކައުންސިލްގެ އިދާރާ ) ލިބިގެންވެއެވެ.
  • ·         ރަށުގެ އާއްމު ސާފްތާހިރުކަން ގެއްލި އިތުރަށް ސާފް ކުރުމުގެ މަސައްކަތެއް ކުރަންޖެހޭނަމަ އެމަސައްކަތެއް ކުރަން އަންގާ ދުވަހަކު މަސައްކަތަށް ނިކުންނަން ވާނެއެވެ.

 

 

އިތުރުގަޑީ މަސައްކަތް ކުރުން

  • މިމަސައްކަތް ކުރުމުން އިތުރުގަޑީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭނެއެވެ.

 

އުޖޫރައިން އުނިކުރުން:

 

  • މަސައްކަތަށް ނުނިކުންނަ ދުވަސްތަކަށާއި، މަސައްކަތަށް ގަޑިޖެހިފައިވާ ވަގުތުތަކަށް ހަމަޖެހިފައިވާ މިންވަރު  އުޖޫރައިން އުނިކުރެވޭނެވެ.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

 

  • ރަށުގެ އިޖުތިމާޢީސަރަޙައްދުތަކާއި މަގުތަކާއި އަދި ކައުންސިލުން ބަލަޙައްޓަމުންގެންދާ ބިންތަކާއި ރައްޔިތުންގެ އިމާރާތް ހިމެނޭ ގޯތިތަކާއި އެގޯތިތަކުގެ ވަށައިގެންވާ މަގުތަށް ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން ( އިޖްތިމާއީ ސަރަހައްދު ކަމުގައި ބުނެފައިވަނީ ރަށުގެ ދެފަރާތުން ގޯތި ދޫކޮށްފައިވާ ސަރަހައްދު ގޮޑުދޮށާ ހަމައަށް އޮތް ހުސްބިމާއި، ބަނދަރާއި ޕާކްތައް ހިމޭނޭ ބިންވެސް ހިމެނޭ ސަރަހައްދުތަކެވެ. )
  • ދިމާވާ މުހިންމު ކަންކަމާއިގުޅިގެން ކައުންސިލުން އެވަގުތަކު ސާފުކުރުމަށް ކަނޑައަޅާ ތަންތަނާއި މަގުތަށް ސާފުކޮށް ބެލެހެއްޓުން

 

 

 

    ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  މިކަމަށް އެދި ކުރިމަތިލުމަށް ކައުންސިލުން ދޫކުރާ ފޯމް ފުރުއްވައި، އައިޑެންޓިޓީ ކާޑުގެ ކޮޕީއާއިއެކު 25 ސެޕްޓެންބަރު 2019 ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780038 ފޯނަށް ގުޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   09 މުޙައްރަމް    1440

                   08 ސެޕްޓެންބަރު  2019

08 ސެޕްޓެންބަރު 2019
ހޯދާ