މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަން ހިންގުމަށް އޮފީސް އިމާރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ އޮފީސް ހިންގުމަށް، 1500 އާއި 2000 އަކަފޫޓް އާއި ދެމެދު ގެ އިމާރާތެއް، މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މިދެންނެވިވަރުގެ ޖުމްލަ ޖާގައެއް، 2 ފްލޯއަކުން ލިބޭކަމުގައިވާނަމަވެސް، މި ބީލަމުގައި ބައިވެރިވެވޭނެއެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2019 ވާ  އަންގާރަ ދުވަހުގެ 10:30 އަށް މިކޯޕަރޭޝަންއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  15 ސެޕްޓެމްބަރ 2019  ވާ އާދިއްތަ ދުވަހުގެ 10:30 އަށް މިކޯޕަރޭޝަންއަށް  ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނާއެވެ.

6 މުޙައްރަމް 1441

5 ސެޕްޓެމްބަރ  2019

 

05 ސެޕްޓެންބަރު 2019
ހޯދާ