ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Administrative officer

                                                                 ނަންބަރ: IUL)242/242/2019/22)

އިޢުލާން

 

މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ސެޕްޓެމްބަރ2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާގެ ފުރުޞަތު

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެވެކެވެ. މިވަޒީފާއަކީ ސިވިލްސަރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް

މުސާރަ: 4465.00 ރުފިޔާ.

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ.

އިތުރުގަނޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަނޑީގެ ފައިސާ ލިބިދެވޭނެ.

މަސައްކަތް ކުރަންޖެހޭ ގަޑި

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެއިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ  ގދ. ތިނަދޫ

ތަޢުލީމީ ފެންވަރު

1-      ގްރޭޑް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް / ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

2-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

1-      އެއްގަމު ލައިސަންސްއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

2-      އެއްގަމު ލައިސަންސް ހެދުމާއި ލައިސަންސްތަކުގެ މަޢުލޫމާތު މަހަކު އެއްފަހަރު ރިޕޯޓް ތައްޔާރުކުރުމަށްފަހު ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވުން.

3-      އެއްގަމު އުޅަދުފަހަރުގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތް ކުރުން.

4-      ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކުރުމަށް ކުރަންޖެހޭ ސާރވޭކުރުން.

5-      ކަނޑު އުޅަދުފަހަރުގެ ރަޖިސްޓްރީ ހެދުން.

6-      ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސާރވޭކޮށް ސަލާމަތީ ސެޓްފިކެޓް ޕަސެންޖަރުންގެ ސެޓްފިކެޓް ބަރުމަރުކާ ސެޓްފިކެޓް ހެއްދުން.

7-      ކަނޑުގައިދުއްވާ އިންޖީން އުޅަދުފަހަރުގެ ލައިސަންސް ހެއްދުން.

8-      އޮޑީނަންބަރަށް އެދި ހުށަހަޅާފަރާތްތަކަށް އޮޑީ ނަންބަރ ދޫކުރުން. މެރިޓައިމްގެ މަސައްކަތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް މަހަކު އެއްފަހަރު ރިޕޯޓް ތައްޔާރުކޮށް ޓްރާންސްޕޯޓް އޕތޯރިޓީއަށް ފޮނުވުން.

9-      އިދާރާއިން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުން.

އުޖޫރައާއި އިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު

2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ:

4- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން (އެޓެސްޓް ކުރެވިފައިވާ)

އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 10 ދުވަސް ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ.ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެ ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

މިއުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841032 ނަންބަރު ފޯނާއެވެ.

04 މުޙައްރަމް 1441

03 ސެޕްޓެމްބަރ 2019

 

 

 

 

                                                                    މުޙައްމަދު ރިޒާން

                                                      ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ނާއިބު ރައީސް

03 ސެޕްޓެންބަރު 2019
ހޯދާ