ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލީސް އެކުލަވައިލުން
ޤާނޫނު ނަންބަރ 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު) އަށް ގެނެވުނު 2 ވަނަ އިސްލާޙުގެ ދަށުން ޔުނިވަރސިޓީގެ މަޖިލިސް އަލުން އެކުލަވާލުމަށްޓަކައި ތިރީގައި ބަޔާންކުރެވިފައިވާ ދާއިރާތަކުން މެމްބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލެއްވުން އެދެމެވެ.
1- ދީނީ ތަޢުލީމު
2- ވިޔަފާރި / އެކައުންޓިންގ / އިޤްތިޞާދު / މެނޭޖްމަންޓް
3- ތަޢުލީމު ދިނުމާއި އުނގަންނައިދިނުން/އިޖްތިމާޢީ ޢިލްމު
4- ޝަރީޢަތާއި ޤާނޫނު
5- ޞިއްޙަތު
6- ސައިންސް / ޓެކްނޮލޮޖީ / އެންޖިނިއަރިންގ
7- ޤައުމީ ސަލާމަތްތެރިކަން / ޑިޒާސްޓަރމެނޭޖްމަންޓް
8- އާރޓްސް / ކަލްޗަރ / ތާރީޚް / ސްޕޯޓްސް / ޓްއަރިޒަމް
ވީމާ، މެމްބަރުކަމަށް ޝައުޤުވެރިވާ ބޭފުޅުން 08 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ވަނަވަރާއެކު ސިޓީ ހުށަހެޅުން އެދެމެވެ. އީމެއިލްނަމަ ފޮނުއްވާނީ 08 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން [email protected] މި އެޑްރެހަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3022112 ގުޅުންވުން އެދެމެވެ.
ނޯޓް: ޔުނިވަރސިޓީގެ މަޖިލިސް އަލުން އެކުލަވާލުމަށްޓަކައި މަތީގައި ބަޔާންކުރެވިފައިވާ ދާއިރާތަކުން މެމްބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން،ކުރިމަތިލުމަށް ހުޅުވާލެވުނު މުއްދަތު، ޢިއުލާނު ނަންބަރ (IUL)170-CB/170/2019/62 ގެ ދަށުން އިތުރުކުރެވުނު ނަމަވެސް، އިއުލާނު ނަންބަރ (IUL)170-CB/170/2019/59 އަދި (IUL)170-CB/170/2019/60 ގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލިސް މެމްބަރަކަށް ވުމަށްޓަކައި ޝައުޤުވެރިކަން ފާޅުކޮށް ސިޓީ ފޮނުވާފައިވާ ފަރާތްތަކުގެ ސިޓީތަށްވެސް ބަލައިގަނެވޭނެ ކަމުގައި ދަންނަވަމެވެ.