ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ އެޗް.އެސް.ސީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތްކޮށްދޭނެ މީހުން ހޯދުން

ނަންބަރު:  IUL)120/1/2019/52)   

            

އިޢުލާން

2019 ވަނަ އަހަރުގެ އެޗް.އެސް.ސީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތްކޮށްދޭނެ މީހުން ހޯދުން

މި ޑިޕާޓްމަންޓުގެ ނަންބަރު (IUL)120/1/2019/39 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. އެ އިޢުލާނަށް އެކަށީގެންވާ ޢަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ، 2019 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ މާކިންގ ހޯލުގައި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ ފަރާތްތައް ބޭނުންވެއެވެ.

މަސައްކަތަށް ކަނޑައެޅިފައިވަނީ، މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 45.00 ރުފިޔާއެވެ. އަދި ކްލެރިކަލް މަސައްކަތުގައި ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، -/1000 ރުފިޔާ، ކޮންޓިނިއުޓީ އެލަވަންސް ގެ ގޮތުގައި ދެވޭނެއެވެ.

 

 

އެޗް.އެސް.ސީ

އެސް.އެސް.ސީ

ދިވެހި

އިސްލާމް

ދިވެހި

އިސްލާމް

ކްލެރިކަލް މުވައްޒަފު

04

04

11

11

މާކިންގ ވޯކްޝޮޕް

އޮކްޓޫބަރ 26 ން 29 ށް

ނޮވެންބަރ 25 ން 28 ށް

މާކިންގ

އޮކްޓޫބަރ 31 ން ނޮވެންބަރ 13 ށް

ނޮވެންބަރ 30 ން ޑިސެންބަރ 16 ށް

 

އެޗް.އެސް.ސީ އިމްތިޙާނުގެ މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށްދާނީ މެންދުރު 14:00 ން 18:00 އަށެވެ. 

އެސް.އެސް.ސީ އިމްތިޙާނުގެ މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށްދާނީ 09:00 ން  16:00 އަށެވެ. 

ޝަރުޠު: ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ކުރިން ކްލެރިކަލް މަސައްކަތުގައި އުޅެފައިވުން

އެގްޒޭމިނަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިނުވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަންފޯމު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓު www.dpe.edu.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން، ބައިވެރިވާން އެދޭ އިމްތިހާނާއި މާއްދާ އެނގޭ ގޮތަށް 2019 ސެޕްޓެންބަރު 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. އެ މެއިލުގައި ފުރިހަމަ ނަމާއި ފޯނު ނަންބަރު އަދި އައިޑީކާޑު ނަންބަރު ހިމަނަންވާނެއެވެ. މެއިލް ޑީޕީއީ އަށް ލިބުމުން، އެކަން މެއިލަކުން އެންގޭނެއެވެ.

                     04  މުޙައްރަމް   1441

                     03  ސެޕްޓެންބަރު 2019

03 ސެޕްޓެންބަރު 2019
ހޯދާ