ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހި ހިޔާގެ ގޯތިތެރޭގައި ވަޅެއް ބެހެއްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިއިދާރާއިން އިޢުލާންކޮށްފައިވާ ނަންބަރު (IUL)382/382/2019/54 ( 22 ޖުލައި 2019 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.

                  މިމަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

                އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 15 ސެޕްޓެންބަރު 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާމާލަމުގައެވެ.

                   މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް، މިމަސައްކަތަށް ޝައުގުވެރިވެލައްވާނަމަ އަންދާސީ ހުށަހެޅުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފްކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

                            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                   03 މުޙައްރަމް   1441

                   02 ސެޕްޓެންބަރު 2019

02 ސެޕްޓެންބަރު 2019
ހޯދާ