ފެކަލްޓީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ.

 

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި 2019ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

މާއްދާ / މަސައްކަތް އޮންނަ ރަށް

* އެސެންޝަލް އިންގްލިޝް (ENG213) / ރ.ދުވާފަރު

* ސޯޝަލް ސައިންސް II(SOC301) / ކ.މާލެ

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

400-300 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ.، 200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345308  ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2019 ސެޕްޓެމްބަރ 4 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ [email protected]އަށެވެ.

ނޯޓް: މިއަހަރު ފުރަތަމަ ސެމެސްޓަރގައި ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅުން ސިޓީއާއެކު އިތުރު މަޢުލޫމާތު ހުށަނޭޅުއްވިޔަސް އެޕްލިކޭޝަން ޤަބޫލުކުރެވޭނެއެވެ. 

02 ސެޕްޓެންބަރު 2019
ހޯދާ