މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުން

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި 500 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ގުދަނެއް ނުވަތަ ގުދަނަކަށް ބޭނުންކުރެވޭ ފަދަ ތަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް 02 ސެޕްޓެމްބަރ 2019 އިން ފެށިގެން މައުލޫމާތުޝީޓް މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ. ޕްރީބިޑްމީޓިން އޮންނާނީ 04 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހު 11:00 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 11 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިއޮތޯރިޓީގައެވެ.

ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިދަތުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

 

03 މުޙައްރަމް 1441

                             02 ސެޕްޓެމްބަރ 2019    

02 ސެޕްޓެންބަރު 2019
ހޯދާ