މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ހުޅުލެ ޕޯސްޓްގައި ތިއްބަވާ ސިފައިންގެ ބޭފުޅުންނަށް ކައްކާ ކާން ތައްޔާރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. މިނިސްޓްރީ އޮފް ޑިފެންސްގެ އެދިލެއްވުމުގެ މަތިން، ހުޅުލެ ޕޯސްޓްގައި ތިއްބަވާ ސިފައިންގެ ބޭފުޅުންނަށް ކައްކާ ކާން ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2019 ސެޕްޓެންބަރު 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރަހަށް މެއިލްކުރުމުން ރެޖިސްޓްރީ ކޮށްދެވޭނެއެވެ.

3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 140,000/-ރ (އެއްލައްކަ ސާޅީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި 2019 ސެޕްޓެންބަރު 02 އިން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި، މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. މި ޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

7. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލު މިޕްރޮޖެކްޓުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

8. ބިޑު ހުޅުވުން އޮންނާނީ 2019 ސެޕްޓެންބަރު 23 ވާ ހޯމަ ދުވަހުގެ 13:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 1617

އީ-މެއިލް:[email protected]

ކޮޕީ: [email protected]

01 ސެޕްޓެންބަރު 2019

01 ސެޕްޓެންބަރު 2019
ހޯދާ