މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުދަތުރުފަތުރު ކުރަން ފެށުމުގެ ކުރިން މިދަންނަވާ ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރުން

އިޢުލާން

އާދަޔާޚިލާފަށް ވައި ބާރުވެ ގަދަ ވިއްސާރަ ކުރާ ދުވަސްތަކުގައި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ކަނޑުދަތުރުކުރުމަކީ ނުރައްކާތެރި އަދި ހިތާމަވެރި ޙާލަތްތައް މެދުވެރިވެދާނެ ކަމަކަށް ވުމާއެކު، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ މިދެންނެވިފަދަ ޙާލަތްތަކުގައި ދަތުރު ނުކުރުމަށް އިލްތިމާސް ކުރަމެވެ. މަތީގައި ދެންނެވުނު ޙާލަތްތަކުގައި މީހުން އުފުލާ އުޅަނދުފަހަރުގައި ދަތުރުކުރާއިރު އެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއްކަން ހަނދާންކޮށްދެމެވެ. އެހެންކަމުން އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިން އަދި އުޅަނދުފަހަރުގެ ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން ތިރީގައި މިދަންނަވާ ކަންކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރަމެވެ.

-          އުޅަނދަށް ފަސިންޖަރުން އަރުވާފައިވަނީ ހުއްދަ ކޮށްފައިވާ މިންވަރަށްކަން ޔަގީންކުރުން

-          ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ބުނެދީ ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން

-          ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުން

-          މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުންކުރެވޭނެ ގޮތަށް ހުޅުވާފައި ހުރުން

-          ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ބޭނުންވާވަރަށް ތެލާއި، ހަކަތަ އަދި ފެންހުރިކަން ކަށަވަރުކުރުން

-          ކުރުމަށް ހަމަޖެހިފައިވާ ދަތުރު ސަލާމަތާއި ރައްކާތެރިކަމާއެކު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން

-          މޫސުމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރަށް ފެށުން

-          ފަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރިކަމާއެކުގައިކަން ކަށަވަރުކުރުން

-          ދަތުރުގައި ބައިވެރިވާ ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުން

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.   

28  ޛުލްޙިއްޖާ   1440

29   އޯގަސްޓް   2019

 

ދިވެހިސަރުކާރުގެ ގެޒެޓް

29 އޮގަސްޓް 2019
ހޯދާ