ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ކުޑަފަރި ސިއްހީމަރުކަޒުގެ އެޓެންޑެންޓް ކަމުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ. ކުޑަފަރީޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

އެޓެންޑެންޓް

މަޤާމްގެ ނަންބަރު:

J-242256

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ ( ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 13 ނޮވެމްބަރު 2019 ގެ ނިޔަލަށް )

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. ކުޑަފަރީޞިއްޙީމަރުކަޒު

މުސާރަ:

-/3470 ރުފިޔާ

ސަރވިސްއެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. ޞިއްޙީމަރުކަޒުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންތައްތައް ހާސިލް ކުރުމަށްޓަކައި އެމުއައްޒަފެއްގެ ދާއިރާއިން އިޙްލާސްތެރިކަމާ ހިތްވަރާއެކު މަސައްކަތް ކުރުން
  2. ޞިއްޙީމަރުކަޒަށް ޚިދުމަތް ހޯދުމަށް އަންނަ ބަލިމީހުންނަށް އެހީވުން
  3. ބަލިމީހުންނަށް އެހީތެރިވެ ދިނުމަށް ނަރުހުން އެދިއްޖެނަމަ އެހީތެރިވުން
  4. ނަރުހުންނަށް އެހީތެރިވުން
  5. ޞިއްޙީމަރުކަޒުގެ އެތެރެ ( އޯ.ޕީ.ޑީ އޭރިއާ، ވޯޑް، ޑްރެސިން ރޫމް، ކޮންސަލްޓޭޝަން ރޫމް، ލޭބަރ ރޫމް، ފާހާނާތައް) ކޮންމެ ސިފްޓަކު އެއްފަހަރު ކުނިކަހާ މޮޕްލާ ސާފުކުރުމާއި، އެތަންތަނުގައިވާ ކުޑަދޮރުތަކާއި ބޮޑު ދޮރުތަކާއި ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ފޮހެ ސާފުކުރުން
  6. ކަބަޑުތަކާއި، ޓްރޯލީތަކާއި، ބަލިމީހުން ބާއްވާ އެނދުތަކާއި މޭޒާއި ގޮނޑި ފަދަ ތަކެތި ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ފޮހެ ސާފުކުރުން
  7. ކޮންމެ ހަފްތާއަކު އެއްފަހަރު ފަންކާތައް ފޮހެ ސާފުކުރުން
  8. ލޭބަރ ރޫމް، ޑްރެސިން ރޫމް އަދި ވޯޑްގައި އެއްވެސް ޕްރޮސީޖަރއެއް ހަދައިފިނަމަ  އޭގެ ފަހުން އެތަންތަނާއި އެކަމަށް ބޭނުންކުރި އެންމެހާ އިކްއިޕްމަންޓްސް ދޮވެ ސާފުކުރުން
  9. ބަލިމީހުންބަލާ ކޮޓަރިއާއި ބޭސްއަޅާކޮޓަރީގެ ބެޑްޝީޓްބަދަލުކޮށް ސާފުކުރުން
  10. ބަލިމީހަކު ޑިސްޗާޖުކުރުމުން ބެޑްޝީޓް ނަގައި ، އެނދާއި ކަބަޑާއި އައި.ވީ ސްޓޭންޑް އަދި މިނޫންވެސް ބަލިމީހާއަށް ބޭނުން ކޮށްފައިވާ ތަކެތި ދޮވެ ސާފުކުރުން
  11. ޞިއްޙީމަރުކަޒުގައި ބޭނުންކުރާ ބެޑްޝީޓް، ބާލީހުއުރަ، ގައުން، ތުވާލި ފަދަ އެންމެހާ ތަކެތި ކޮންމެ ދުވަހަކު ދޮވެ އިސްތިރިކުރުން
  12. ޞިއްޙީމަރުކަޒުގެ ދޮރުފޮތިތައް މަހަކު ދެފަހަރު ދޮވެ އިސްތިރި ކުރުން
  13. ލޯންޑްރީއާއި ލޯންޑްރީގައި ބޭނުންކުރާ އެންމެހާ ތަކެތި ސާފުކޮށް ބެލެހެއްޓުން. އަދި އެއްވެސް އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސުޕަވައިޒަރަށް އެންގުން
  14.  ދޮވެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި އިސްރާފް ނުކުރުމާއި ނަހަމަ ގޮތުގައި ބޭނުން ނުކުރުން
  15.  ޞިއްޙީމަރުކަޒުގައި އުފެދޭ ކުނި ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ނައްތާލުން
  16.  އޮޓޯކްލޭވް ކުރުމާއި ސްޓެރިލައިޒް ކުރުން
  17.  ވާރޭވެހޭ ނަމަ އަހަވަށް ދޮރުތައް ލައްޕުން
  18.  ޑިއުޓީގަޑިގައި ހަޑިވާ ތަންތަން އަވަހަށް ސާފުކުރުން
  19. ޞިއްޙީމަރުކަޒުން ޚިދުމަތް ހޯދުމަށް އަންނަ ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން
  20. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކާއި، ހޮސްޕިޓަލުން ބައިވެރިވާ އެކިއެކި އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން

މަޤާމުގެ ޝަރުތު

 

  1. ލިޔަން ކިޔަން އެނގުން. ނުވަތަ،
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ނ. ކުޑަފަރީޞިއްޙިމަރުކަޒުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،  މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން  ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ   އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ލުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމް ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު                      

ސެޓްފިކެޓުތަކުގެ ކޮޕީ،

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެސެޓްފިކެޓްގެ ކޮޕީ،                                                             

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި           ވަޒީފާއަދާކޮށްފައި    ވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން     ދޫކޮށްފައިވާ ލިޔުން.

(ށ)     އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި   މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް    އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތްއަންގައިދޭ ރެފަރެންސް ޗެކްފޯމް

  1. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިލެންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބަލާނެކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ނ. ކުޑަފަރީޞިއްޙިމަރުކަޒުން ލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅުއްވާތަކެތި ހުށަހަޅުއްވާނީ 05 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ 14:00 ގެކުރިން ނ. ކުޑަފަރީޞިއްޙީމަރުކަޒަށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 08 ސެޕްޓެމްބަރު 2019 އިން 11 ސެޕްޓެމްބަރު 2019 އާއި ދެމެދު ނ. ކުޑަފަރީޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެމުއްދަތުގެ ތެރޭގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެގިނަނަމަ ތަޢުލީމީ ފެންވަރާއި،ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި  6560037 ނުވަތަ 6560609 ނަންބަރު ފޯނާއެވެ. 

28 އޮގަސްޓް 2019
ހޯދާ