ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސުޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

                                           ނަންބަރ: IUL)468-HR/468/2019/149)

މަޤާމް

ސުޕަވައިޒަރ

މަޤާމްގެ ނަންބަރ

J-300927

ބޭނުންވާ ޢަދަދު

1 (އެކެއް )

މަޤާމްގެ ގިންތި

 ދާއިމީ

މަޤާމްގެ ރޭންކް

ޖީ.އެސް.3

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން

ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ

މުސާރަ

4465 ރުފިޔާ

ސަރވިސް އެލަވަންސް

1500  ރުފިޔާ

އިތުރު ޢިނާޔަތްތައް

ސަޕޯޓިންގ ކޯ އެލަވަންސް -/ 700 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުވުން.
  • ބަނދަރުމަތީ ކުނިނަގާ ވިނަނޮޅާ ސާފުކުރުވުން.
  • ބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅޭ ބިންތަކާއި ތަންތަން ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުވުން.
  • ފުވައްމުލަކު ސްޓޭޑިއަމް އަދި ސްޓޭޑިއަމް ވަށައިގެންވާ މަގުތަކުން ވިނަނޮޅާ ސާފުކުރުވުން.
  • އެކި ސަރަޙައްދުތަކުން ނަގާ ކުނިތައް ގޮނޑަށް އުފުލުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ޕާކްތައް ވިނަނޮޅައި ކުނިނަގައި ސާފުކުރުވުން
  • މަގަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކަނޑައި ސާފުކުރުވުން.
  • މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުވުމާއި މަގު ސާފުކުރުވުން.
  • އޮފީހުން ބަލަހައްޓަންޖެހޭ މަގުތަކުގެ ވިނަނޮޅާ ސާފުކުރުވުން.
  • ޤުދުރަތީ ހާދިޘާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި ޑިޕާޓްމަންޓުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުން.
  • ސެކްޝަނުގައި މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތް ކުރުން.
  • އޮފީހުން ރާވާ ހިންގާ އެކިއެކި މަސައްކަތުގައި ބައިވެރިވެ އެ މަސައްކަތްތައް ކުރުން.
  • މަގުބައްތި މަރާމާތުކުރުމުގެ މަސައްކަތްކުރުވުން.
  • މަގުބައްތި ރިޕޯޓް ހެދުން.
  • ބަނދަރު ސަރަޙައްދުން ކުނިނަގައި ސާފުކުރުވުން.
  • ތުނޑީ ސަރަޙައްދުން ކުނިނަގައި ސާފުކުރުވުން.
  • ބޮޑުބީވާ ސަރަޙައްދުން (ރުއްގަނޑު) ސާފުކޮށް ބެލެހެއްޓުން.
  • ހުވަނި ގިނަވާ ދުވަސްވަރު ހުވަންޏަށް ބޭސްޖެހުމުގެ މަސައްކަތްކުރުވުން.
  • ރަށުގައި ފެންބޮޑުވެއްޖެނަމަ ކާނުތައް ކަނޑައި ރަށުން ފެންބޭރުކުރުމުގެ މަސައްކަތްކުރުވުން.
  • ރަށުގައި ފެންބޮޑުވާ ސަރަޙައްދުތަކުގައި ޕަމްޕް ޖަހައިގެން ފެންބޭރުކުރުވުން.
  • ކާނުތައް ކަނޑާފައި ހުންނައިރު ކާނުތަކުގައި ޑިއުޓީކުރުމުގެ އިންތިޒާމް ހަމަޖެއްސުން

މަޤާމުގެ ޝަރުޠުތައް:

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން " ސެކެންޑަރީ ސްކޫލް" ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމަތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )                           

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )                                              

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.             

 ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.  

( ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

 ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.             

މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

(ހ)   ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން
  • ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ
  • އިންޓަވިއު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6860958 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިމްތިޙާން/ޕްރެކްޓިކަލް، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 ސެޕްޓެމްބަރ 2019 އާއި 18 ސެޕްޓެމްބަރ  2019 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލްގައެވެ.

ޝޯޓް ލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ

މިއިދާރާގެ ފޯން ނަންބަރ 6865001،6860004، 6862030, ފެކްސް: 6860958 އީމެއިލް:[email protected]   

 

27 ޛުލްޙިއްޖާ 1440

28 ސެޕްޓެމްބަރ 2019

 

 

  

  

28 އޮގަސްޓް 2019
ހޯދާ