ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ވެލިދޫ ސިއްހީމަރުކަޒުގެ ރިސެޕްޝަނިސްޓް މަޤާމަށް މުވައްޒަފަކު ހޯދުމަށް

މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ. ވެލިދޫޞިއްޙީމަރުކަޒްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަޤާމު

ރިސެޕްޝަނިސްޓް

މަޤާމްގެ ނަންބަރު:

J-311402

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ ( ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 03 ޑިސެމްބަރ 2019 ގެ ނިޔަލަށް)

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.ވެލިދޫ ސިއްޙީމަރުކަޒު

މުސާރަ:

-/4465 ރުފިޔާ

ސަރވިސްއެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. ޞިއްޙީމަރުކަޒުގެ ރިސެޕްޝަން ބެލެހެއްޓުމާއި، ޞިއްޙީމަރުކަޒުގެ ޙިދުމަތަށްއެދި އަންނަފަރާތްތަކާއި ރީތިބަހުން، ހިތްހެޔޮކަމާއިއެކު މުއާމަލާތުކުރުމާއި، އެފަދަ ފަރާތްތަކަށް އެހީތެރިވެދިނުން.
  2. ޞިއްޙީމަރުކަޒުގެ ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް މެމޯ ހެއްދުމާއި، އާސަންދަ ހިދުމަތް ދިނުމަށް ފުރިހަމަ ކުރައްވަންޖެހޭ އެންމެހާ މަސައްކަތްކުރެއްވުމާއި، އެކަމާއިގުޅޭ ލިޔެ ކިޔުންތައް، ދުވަހުންދުވަހަށް ފުރިހަމަ ކުރެއްވުން.
  3. ކޮންމެ ޑިއުޓީ ފެށުމުގެކުރިން ބޭނުނަވާ ތަކެތި ހަމަޔަށް ހުރިތޯބަލާ ނެތްނަމަ އެކަމަކާއި ހަވާލުވެ ހުންނަވާ މުވައްޒަފަކަށް ދަންނަވައިގެން ތަކެތިހަމަކުރުމާއި، އަދި ބޭނުންކުރެވޭ ތަކެތި ވީހާވެސް ހަރަދުކުޑަގޮތަށް ބޭނުންކުރެއްވުން.
  4. ޞިއްޙީމަރުކަޒުން ދެވޭ ހިދުމަތްތަކުގެ ތެރެއިން ފައިސާ ނަގަންޖެހޭ އެންމެހާ ހިދުމަތްތަކަށް، އެކަމާއިގުޅޭ އުޞޫލާއި އެއްގޮތަށް ފައިސާބަލައިގަނެ،ދުވަހުންދުވަހަށް ފައިސާގެ ލިޔެކިޔުންތައް ފުރިހަމަކުރުން.
  5. ތަރުޖަމާނަކު ނެތިއްޖެ ހާލަތެއްގައި ޞިއްޙީމަރުކަޒުން ހަމަޖައްސަވާގޮތެއްގެ މަތިން ތަރުޖަމާނުގެ މަސައްކަތް ކުރުން.
  6. ޞިއްޙީމަރުކަޒުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާއި، އިމަރޖެންސީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ނަރުހުން އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި އެހީތެރިވުން.
  7. ޑިއުޓީ ގަޑީގައި ޞިއްޙީމަރުކަޒުގެ މުދަލާއި ތަކެއްޗަށް ރައްކާތެރިވެ ސަމާލުކަން ދިނުމާއި، ޢާންމުކޮށްދޭ ޚިދުމަތެއް ހުއްޓޭގޮތް މެދުވެރިވެދާފަދަ ހާލަތެއްގައި އެކަން އިދާރީ މުވައްޒަފަކަށް އަންގައިގެން ހައްލުކުރަން މަސައްކަތްކުރުން
  8. ޞިއްޙީމަރުކަޒުން ދެވޭ ހިދުމަތްތަކުގެތެރެއިން ރިސެޕްޝަނުން ބަލަހައްޓަންޖެހޭ މައުލޫމާތުތައް ކަނަޑައެޅިފައިވާ އުޞޫލާއެއްގޮތަށް ދުވަހުން ދުވަހަށް ރިޕޯޓްކޮށް ނިންމެވުން.
  9. ސިއްޙީމަރުކަޒުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  10. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.
  11. ޞިއްޙީމަރުކަޒުގެ ހައިބަތާއި ޤަދަރު ކުޑަވާފަދަ އެއްވެސް ބާވަތެއްގެ އެއްވެސް އަމަލެއް ނުހިންގުމާއި ޞިއްހީމަރުކަޒަށް ކުރިއެރުން ހޯދުމަށްޓަކައި މަސައްކަތްކުރުމާއި، ކުރެވޭ މަސައްކަތުގައި އެހީތެރިވުން
  12. މީގެއިތުރުންވެސް މިބަޔާނުގައި ހިމެނިފައިނުވާ ޞިއްޙީދާއިރާޔާއި ގުޅޭގޮތުން މަރުކަޒުން އަންގާ މަސައްކަތެއްކުރުން.

 

މަޤާމުގެ ޝަރުތު

 

ސާނަވީނުވަތައެއާއެއްފެންވަރުގެއިމްތިޙާނަކުން 2 މާއްދާއިންދަށްވެގެން " ޑީ " ގްރޭޑްލިބިފައިވުމާއެކު، އޭގެއިތުރުން " ސެކަންޑަރީސްކޫލް " ނުވަތަ " ހަޔަރސެކަންޑަރީސްކޫލް " ސެޓްފިކެޓްއިމްތިޙާނުގައި " ދިވެހި " މިމާއްދާއިންދަށްވެގެން " ސީ " ގްރޭޑްލިބިފައިވުން.

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން ، ކަސްޓަމަރ ކެއަރ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާވަޒީފާއަށްއެދޭފޯމު ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ވެލިދޫސިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށްއެދޭފަރާތުގެދިވެހިރައްޔިތެއްކަންއަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4.  ސިވިލްސަރވިސްއަށް / ސަރުކާރަށްޚިދުމަތްކުރުމުގެއެއްބަސްވުމެއްއޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށްހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ   އަދާކުރާއޮފީހުގެލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ލުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމް ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު                      

      ސެޓްފިކެޓުތަކުގެ ކޮޕީ،

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެސެޓްފިކެޓްގެ ކޮޕީ،                                                              

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެމުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައި    ވާނަމަ،އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށްއެ އޮފީހަކުން     ދޫކޮށްފައިވާ ލިޔުން.

 (ށ)     އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި   މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް    އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތްއަންގައިދޭ ރެފަރެންސް ޗެކްފޯމް

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށްބަލާނެކަންތައްތައް

  1. ތަޢުލީމާއިތަމްރީންލިބިފައިވާމިންވަރު
  2. މަސައްކަތުގެތަޖުރިބާލިބިފައިވާމިންވަރު
  3. މަސައްކަތުގެހުނަރާއިފެންވަރާއިޤާބިލުކަމާއިސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ވެލިދޫޞިއްޙީމަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ.އަދި ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅުއްވާތަކެތި ހުށަހަޅުއްވާނީ 05 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެކުރިން ނ. ވެލިދޫޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ ނ. އަތޮޅުހޮސްޕިޓަލްގެ އޮފީހަށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ  އިންޓަރވިއު އޮންނާނީ08ސެޕްޓެމްބަރ 2019 އިން 15 ސެޕްޓެމްބަރ 2019 އާއިދެމެދުނ.ވެލިދޫޞިއްޙީމަރުކަޒުގައެވެ. ވުމާއެކުމިވަޒީފާއަށްކުރިމަތިލާފައިވާފަރާތްތަކުން ، އެތާރީޚްތަކުގައިއިންޓަރވިއުއަށްޙާޟިރުވުމަށްތައްޔާރުވެގެންތިއްބެވުންއެދެމެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތަޢުލީމީ ފެންވަރާއި،ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި  6560037 ނުވަތަ 65600526ނަންބަރު ފޯނާއެވެ. 

28 އޮގަސްޓް 2019
ހޯދާ