މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫ ޖެޓީ މަރާމާތުކުރުން

 އިޢުލާން

ނ.މިލަދޫ ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 05 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 އަންދާސީ ހިސާބު ހުށައެޅޭނީ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރާ ބައްދަލުވުމަށް ވަޑައިގަންނަވާއިރު އެސްޓިމޭޓް ހުށައަޅާ ފަރާތުގެ ވިޔަފާރި / ކުންފުނި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެކަން ބަޔާންކޮށް އެސްޓިމޭޓް ހުށައަޅާފަރާތުގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

27 އޯގަސްޓް 2019

27 އޮގަސްޓް 2019
ހޯދާ