މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްތަކުން މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީދިނުމާއި ގުޅޭ

ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް، އެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއެއް ހިންގުމަށް 100,000/-  (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދެއްގެ ފައިސާގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.  އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ނ.އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް ފައިސާގެ އެހީ ދިނުމަށް ހަދާފައިވާ އުސޫލާއި އެއްގޮތްވާގޮތުގެމަތިން ޕްރޮޕޯސަލް ހުށަހަޅާ ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށެވެ.

ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް، އެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީ ދޭނެ ގޮތުގެ އުސޫލު ނ. އަތޮޅު ކައުންސިލުން ލިބޭނެއެވެ. އެހީ ދޫކުރެވޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހު ހިންގަން ހުށަހަޅާފައިވާ މަޝްރޫއަކީ އެހީދޭން އެކަށީގެންވާ މަޝްރޫއެއްކަމުގައި ވާނަމައެވެ.  ޕްރޮޕޯސަލް ހުށަހަޅާނީ 26 ސެޕްޓެމްބަރ 2019 ގެ ކުރިންނެވެ.  މިތާރީޚްގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

 

ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހަޅާއިރު ހިމަނަންޖެހޭ މައުލޫމާތު.

  1. މަޝްރޫޢުގެ ނަން:
  2. މަޝްރޫޢު ހިންގޭ ތަން:
  3. މަޝްރޫޢު ފެށާ ތާރީޚް:
  4. މަޝްރޫޢު ނިމޭ ތާރީޚް:
  5. މަޝްރޫޢުގެ މުއްދަތު:
  6. މަޝްރޫޢުގެ މަޤްޞަދު:
  7. މިހާރުގެ ޙާލަތު:
  8. މަޝްރޫޢުގެ ސަބަބުން ކުރާނޭ ފައިދާ އާއި ފައިދާކުރާނެ ފަރާތްތައް:
  9. މަޝްރޫޢު ކުރިއަށް ގެންދާނޭ ގޮތުގެ ތަފްސީލް (މަސައްކަތު ތާވަލްއާއި އެކު):
  10. މަޝްރޫއު ހިންގުމަށް ރަށުކައުންސިލިން ހިއްޞާވާމިންވަރު:
  11. މަޝްރޫޢު މޮނިޓަރ ކުރާނޭ ގޮތް:
  12. މަޝްރޫޢުއަށް ހިނގާނޭ ޚަރަދު (ކޮސްޓް ބްރޭކް ޑައުން):
  13. މަޝްރޫޢުއާ ގުޅުންހުރި ކުރެހުންތަކާއި އެންމެހާ ލިޔެކިޔުންތައް:

 

 

މަޝްރޫއަށް އެހީދޭން ނިންމާއިރު ބަލާނެ ކަންކަން:

  1. މަޝްރޫއުގެ މަގުޞަދު:
  2. މަޝްރޫއުގެ ދެމެހެއްޓެނިވިކަން:
  3. ރައްޔިތުންނަށް ސީދާގޮތުން ނާއި ނުސީދާގޮތުން ފައިދާކުރާނެ މިންވަރު:
  4. ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުންހުރިމިންވަރު:
  5. ރަށުކައުންސިލުން ހިއްޞާވާމިންވަރު:
26 އޮގަސްޓް 2019
ހޯދާ