އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ފުޓްސަލް ދަނޑުގެ ދެކުނުކޮޅު ބިތްގަނޑު އުސްކުރުމާއި ޔޫތުސެންޓަރުގެ ބައެއް މަސައްކަތްތައްކުރުން:

މި ރަށު ފުޓްސަލް ދަނޑުގެ ދެކުނުކޮޅު ބިތްގަނޑު އުސްކޮށް ޔޫތުސެންޓަރުގެ ބައެއް މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން 2019 ސެޕްޓެންބަރު 05 ވަނަ ދުވަހުގެ 13:40 އަށް މި ކައުންސިލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ސެޕްޓެންބަރު 12 ވަނަ ދުވަހުގެ 13:40 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ އެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުން އެ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

27 އޮގަސްޓް 2019
ހޯދާ