މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އިޢުލާންގައިވާ ޕޮއިންޓް ދިނުމުގެ މިންގަނޑުތައް އިސްލާޙުކޮށް މުއްދަތު އިތުރުކުރުން

އިޢުލާން

ކ.ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އިއުލާންގައިވާ ޕޮއިންޓްދިނުމުގެ މިންގަނޑުތައް އިސްލާޙްކޮށް މުއްދަތު އިތުރުކުރުމާއި ގުޅޭ

       ކ.ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ އިޢުލާން (IUL)335-AS/335/2019/53 ނަންބަރު ގައިވާ ޕޮއިންޓްދިނުމުގެ މިންގަނޑުތައް އިސްލާޙްކޮށް މުއްދަތު އިތުރުކޮށްދީފީމެވެ.

ޕޮއިންޓް ދިނުމުގެ މިންގަނޑު އިސްލާހުކޮށް މުއްދަތު އިތުރުކުރުމަށް މި ކައުންސިލުން ނިންމި ގޮތް ތިރީގައި މި ދަންނަވަނީއެވެ.

ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭ ގޮތް:

1.1.    ކައިވެނީގެ ބައި:

   (ހ) މީހަކާ އިނދެގެންހުރިނަމަ                                       20 ޕޮއިންޓް

   (ށ) ކުރިން މީހަކާ އިނދެ، ކައިވެނިބރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ               15 ޕޮއިންޓް

   (ނ) ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވަނަމަ އަހަރަކަށް                       01 ޕޮއިންޓް

   (މިގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

ނޯޓް: ނަމްބަރ 01 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާންކުރުމުގެ ކުރިން ކައިވެނި ރޫޅިފައިވާ ނަމައެވެ.

2.2.އުމުރުގެ ބައި:

  (ހ) އުމުރުން 18 –35 އަހަރާ ދެމެދު ނަމަ                                05 ޕޮއިންޓް

3.1. ދަރިންގެ ބައި:

   (ހ) 18 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ                                 05 ޕޮއިންޓް

   (ށ) 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް            04 ޕޮއިންޓް

   (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

   (ނ) ދާއިމީގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ           03 ޕޮއިންޓް

   (ރ) ދާއިމީގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ           04 ޕޮއިންޓް

      ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)

3.2.މައިންބަފައިންގެ ބައި:

 (ހ) މަންމަ ބަލަމުންގެންދާނަމަ                                         03 ޕޮއިންޓް

 (ށ) ބައްޕަ ބަލަމުންގެނަދާނަމަ                                         03 ޕޮއިންޓް

 (ނ) މައިންބަފައިންނާއި ދަރިންފިޔަވައި ޝަރިޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންދާނަމަ        03 ޕޮއިންޓް

 (މިބައިން ޕޮއިންޓް ދެވޭނީ މައިންބަފައިންނާ، މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކުގެ

ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ.)

3.3.ރައްވެހިކަމުގެ ބައި:

  (ހ) ރަށުގެ ރައްވެއްސެއްނަމަ                                        35 ޕޮއިންޓް

  (ށ) ރަށުގެ ރަށްވެހިންގެ ތެރެއިން ރަށުގައި ދިރިއުޅޭނަމަ                          10 ޕޮއިންޓް

  (ނ) ރަށުގެ ރަށްވެހިން ފިޔަވާ ރަށުގައި ދިރިއުޅޭނަމަ ކޮންމެއަހަރަކަށް                   01 ޕޮއިންޓް

  (ގިނަވެގެން ދެވޭނީ 05 ޕޮއިންޓް)                                             

  (ރ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ހިންމަފުއްޓަށް ރަށްވެހިވެފައިވާތާ 5 އަހަރުވެފައިވާނަމަ    10 ޕޮއިންޓް

  (ބ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ހިންމަފުއްޓަށް ރަށްވެހިވެފައިވާތާ 5 އަހަރުވެފައިނުވާނަމަ އަހަރަކަށް

                                                           01 ޕޮއިންޓް

3.4  ޕޮއިންޓު އުނިކުރުން

(ހ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ހުރި      -7 ޕޮއިންޓު

ހަމައެކަނި ދަރިޔަކީ ގޯއްޗަށް ކުރިމަތިލާ މީހާކަމުގައިވާނަމަ

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ހުރި       -7ޕޮއިންޓު

ހަމައެކަނި ދަރިޔަކީ ގޯއްޗަށް ކުރިމަތިލާ މީހާކަމުގައިވާނަމަ

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 2500 އަކަފޫޓަށްވުރެ ކުޑަނޫން ގޯއްޗެއް            -5ޕޮއިންޓު

އޮވެފައި ބައްޕަގެ ތިބީ 02 ކުދިންކަމުގައިވާނަމަ

(ރ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 2500 އަކަފޫޓަށްވުރެ ކުޑަނޫން ގޯއްޗެއް            -5ޕޮއިންޓު

އޮވެފައި މަންމަގެ ތިބީ 02 ކުދިންކަމުގައިވާނަމަ

(ބ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއް ގޯއްޗަށް ވުރެ          10-ޕޮއިންޓު

 ގިނަ ގޯތި އޮތްނަމަ

(ޅ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއް ގޯއްޗަށް ވުރެ         10-ޕޮއިންޓު

ގިނަ ގޯތި އޮތްނަމަ

(ކ) ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަގޯއްޗެއްލިބި އެއްވެސް ފަރާތަކަށް ދޫކޮށްލާ ނުވަތަ            45-ޕޮއިންޓު

ވިއްކާފައިވާނަމަ.

(ވ) ގޯއްޗަށް އެދޭމީހާގެ (އަނބިމީހާ/ފިރިމީހާ)ގެ ނަމުގައި ބަންޑާރަގޯއްޗެއް  ނުވަތައަމިއްލަ            

ގޯއްޗެއް ލިބިފައިވާނަމަ ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަގޯއްޗެއްގައިވާ         40-ޕޮއިންޓު

ނުއުފުލޭމުދަލުން ލިބިގެން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ގޯއްޗަކުން ލިބިފައިވާނަމަ

އިތުރު ތަފްސީލް:

 • ނަމްބަރު 2.1 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ. ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދެވޭނީ، ގޯއްޗަށް އެދި ހަށަހަޅާފަރާތުން  ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.
 • ނަމްބަރު 2.2 ގައިވާ އުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަށް ބަލައިގެންނެވެ.
 • ނަމްބަރު 3.1 ގެ (ށ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހަށަހަޅާފަރާތުން ހަށަހަޅާފައިވާ ދަރިންގެ އުފަންދުވަސް ސެޓްފިކެޓްތަކުގެ ކޮޕީއެއް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ، އެކުދިންގެ އުފަންދުވަސް ސެޓްފިކެޓް އިތުރުން އެކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންކަން އަންގައިދެ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
 • ނަމްބަރު 3.2 (ހ، ށ) ގައިވާ މައިންބަފައިން ބަލަމުންގެނަދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ. އަދި މި ބައިގެ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ، ޕޮއިންޓްލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.
 • ނަމްބަރު 3.2 ގެ (ނ) ގައިވާ ފަދަ ޝަރުޢީ ގޮތން ބަލަންޖެހޭ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ އެ މީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކަށްވެފައި އެ މީހެއްގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީ ގޮތުން ބަލަންޖެހޭ އެހެން މީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓްލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާނަމައެވެ.
 • ނަމްބަރު 3.3 ގެ (ހ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތަކީ، ފެށުނީއްސުރެން ހިންމަފުށީގައި ރަށްވެއްސެއްގެ ގޮތުގައި ވާ ފަރާތްތަކެވެ.
 • ނަންބަރު 3.3 (ށ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ރަށުގެ ރަށްވެހިންގެ ތެރެއިން  އެރަށުގައި ދިރިއުޅޭ ފަރާތްތަކަށެވެ. ރަށުން ބޭރުގައި ދިރިއުޅެމުންދަނީ، ކިޔެވުމަށް ނުވަތަ ބޭސްފަރުވާގެ ބޭނުމަށް 6

މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެކަން ސާބިތުކުރުމަށް ބޭސްފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢުލީމީ ލިޔުމުގެ ކޮޕީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. 06 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އެއީ ރަށުން ބޭރުގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

 • ނަންބަރު 3.3 (ނ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ރަށުގެ ރަށްވެއްސަކަށް ނުވެ ރަށުގައި ދިރުއުޅޭ ފަރާރްތަކުގެ ތެރެއިން އާއިލީގުޅުމެއް ވާ ( މަންމަ. ބައްޕަ، އެއްބަނޑުއެއްބަފާ ނުވަތަ ދަރިއަކު ވަޒަންވެރިވުން ) ނުވަތަ ރަށުގެ ރަށްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ ފަރާތްތަކަށެވެ. އަދި ކޮންމެއަހަރަށް ދެވޭނީ 01 ޕޮއިންޓެވެ. ގިނަވެގެންދެވޭނީ 05 ޕޮއިންޓެވެ.
 • ނަންބަރު 3.3 (ރ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ހިންމަފުއްޓަށް ރަށްވެހިވެފައިވާތާ 5 އަހަރުވެފައިވާ ފަރާތްތަކަށެވެ.
 • ނަންބަރު 3.3 (ބ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ހިންމަފުއްޓަށް ރަށްވެހިވެފައިވާތާ 1 އަހަރުވެފައިވާ ފަރާތްތަކަށެވެ. މިގޮތަށް ގިނަވެގެން ދެވޭނީ 04 ޕޮއިންޓެވެ.
 • ގޯއްޗަށް އެދިފައިވާ ފަރާތަށް 600 އަކަފޫޓަށްވުރެ ބޮޑުގޯއްޗެއް ލިބި އެ ގޯތި ދަޢުލަތަށް ދޫކޮށްލުމަށް އެއްބަސްވާނަމަ، އެކަމައިގުޅޭ އެންމެހައި ލިޔެކިޔުންތަށް ހުށަހަޅަންވާނެއެވެ.

       ގޯއްޗަށް އެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗެއް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޙާ ހަމައަށެވެ.

ގޯތިލިބޭގޮތް:

 • ގޯތިލިބެންޖެހޭ ފަރާތްތައް ކަނޑައަޅާނީ 50 ޕޮއިންޓުން މަތިން ލިބޭ ފަރާތްތަޢް ތިރީގައިމިވާގޮތުގެ މަތިން 3 ކެޓެގަރީއަކަށް ބަހާލައިގެންނެވެ.

ކެޓަގަރީ

 • މިކެޓަގަރީ ގައި ހިމެނޭނީ ގޯއްޗަށްއެދޭ ފަރާތްތަކުގެ ތެރެއިން 81 ޕޮއިންޓުން މަތީލިބޭ ފަރާތްތަކެވެ.
 • މިކެޓަރީގައި ހިމެނޭ ފަރާތްތަކަށް ގޯތިދޫކުރެވޭނީ، ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން މިކެޓަގަރީ ގައި ހިމެނޭ ހުރިހާ ފަރާތްތަކަށް މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވާ 100 ގޯތީގެ ތެރެއިން ގުރުއަތަކާނުލައި ގޯތިލިބިގެން ދާނެއެވެ.

ކެޓަގަރީ  B 

 • މިކެޓަގަރީ ގައި ހިމެނޭނީ ގޯއްޗަށްއެދޭ ފަރާތްތަކުގެ ތެރެއިން 65 އާއި 80 އާއި ދެމެދުން ޕޮއިންޓު ލިބޭ ފަރާތްތަކެވެ. 
 • މިކެޓަގަރީގައި ގޯތިދޫކުރެވޭނީ، A ކެޓަގަރީއަށް ގޯތިލިބޭފަރާތްތަކަށް ގޯތިދިނުމަށްފަހު 100 ގޯތީގެ ތެރެއިން ބާކީނުދެވި ހުރިގޯތީގެ 60 އިންސައްތަ ގޯތީގެ ތެރެއިން ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ގުރުއަތަކާއި ނުލައި އިސްކަންދީގެންނެވެ. އެގޮތުން މިކެޓަގަރީ ގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.
 • އަދި މިކެޓަގަރީން ގޯތިނުލިބޭ ފަރާތްތައް C ކެޓަގަރީގައި ހިމެނޭނެއެވެ.

ކެޓަގަރީ  C 

 • މިކެޓަގަރީ ގައި ހިމެނޭނީ ގޯއްޗަށްއެދޭ ފަރާތްތަކުގެ ތެރެއިން 50 އާއި 64 އާއި ދެމެދުން ޕޮއިންޓު ލިބޭ ފަރާތްތަކެވެ. 
 • މިފަރާތްތައް ހޮވާނީ A ކެޓަގަރީއަށް ގޯތިލިބޭފަރާތްތަކަށް ގޯތިދިނުމަށްފަހު 100 ގޯތީގެ ތެރެއިން ބާކީނުދެވި ހުރިގޯތީގެ 40 އިންސައްތަ ގޯތީގެ ތެރެއިންނެވެ. މިކެޓަގަރީން ގޯތިލިބޭ ފަރާތްތައް ހޮވާނީ B ކެޓަގަރީގެ ތެރެއިން ގޯތިނުލިބޭ ފަރާތްތައް ހިމެނޭގޮތަށް ގުރުއަތު ލައިގެންނެވެ.
 • ގޯތި ލިބޭ މީހުން ކަނޑައެޅާނީ، ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ދެފަރާތުން އެއްބަސްވެވޭގޮތެއްގެ މަތިން ނުވަތަ ގުރުއަތުލައިގެންނެވެ.
 • މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވާ 100 ގޯއްޗަށް ވުރެ A ކެޓަގަރީއަށް ވާދަކުރާފަރާތް އިތުރުވާނަމަ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

          ވީމާ، ދިރިއުޅުމަށްޓަކައި މިރަށުން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން މި އިދާރާއިން ދޫކުރާ ފޯމް ނުވަތަ މިއިދާރާގެ ނަންބަރު (IUL)335-AS/335/2019/53 އިޢުލާނާއެކުގައިވާ  ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުން އެދެމެވެ.

          ފޯމް ދޫކޮށް ބަލައިގަންނާނީ، 12 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 14:00 ގެ ނިޔަލަށެވެ.މުއްދަތު ހަމަވުމަށްފަހު އެއްވެސް ފޯމެއް ބަލައެއްނުގަނެވޭނެއެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

26 އޮގަސްޓް 2019
ހޯދާ