ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިން އެންޑް އެޗްއާރު އޮފިސަރ

މަޤާމް :އެޑްމިން އެންޑް އެޗްއާރު އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި 'ޔުނިވިޔަ ހޯލްޑިންގސް' އަށް، މަސައްކަތަށް ޤާބިލް އަދި ހީވާގި މުވައްޒަފުން ހިމެނޭ ޓީމެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

އެޑްމިން އެންޑް އެޗްއާރު އޮފިސަރ 

މުސާރައާއި އެލަވަންސް:

މުސާރ އަދި އެލަވަންސް: 9,500 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ކުންފުނިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ އަދި ލިބޭ ސިޓީ، ނޯޓް އަދި މެމޯފަދަ ލިޔުންތައް ތައްޔާރުކުރުމާއި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި އެތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން
  • ކުންފުނީގެ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ / ރެކޯޑްސް ތައްޔާރުކުރުން
  • ކުންފުނީގެ އޮޕަރޭޝަނަލް ޕްރޮސީޖަރއާއި އެއްގޮތަށް ޑިޕާރޓްމެންޓްގެ އެންމެހާ މަސައްކަތެއް ކުރުން
  • މުވައްޒަފުންގެ މުސާރަ އާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ދުވަހުން ދުވަހަށް ހާޟިރީ އަޕްޑޭޓްކުރުމާއި، ޗުއްޓީއާއި ސަލާމުގެ ރިކޯޑު ބެލެހެއްޓުން
  • ކުންފުންޏަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، އިންޓަރވިއުގެ އިންތިޒާމުތައް ހަމަޖެއްސުން
  • މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އެޕްރައިޒަލްގެ އެންމެހާ މަސައްކަތްތަކެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  • ކުންފުނީގެ ހިޔުމަން ރިސޯސް ޕޮލިސީ ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކެއް ކުރުން

 

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ކަމާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ކަމާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަސައްކަތު ތަޖުރިބާ:

މަސައްކަތާއި ގުޅޭ ދާއިރާގައި މަސައްކަތްކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަޖުރިބާ

ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން

އިންޓަރވިއު

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ. 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

5 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް

 ނޯޓު :

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.
27 އޮގަސްޓް 2019
ހޯދާ