ވަޒީފާގެ ފުރުޞަތު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި 'ޔުނިވިޔަ ހޯލްޑިންގސް' އަށް، މަސައްކަތަށް ޤާބިލް އަދި ހީވާގި މުވައްޒަފުން ހިމެނޭ ޓީމެއް ހޯދުމަށް ބޭނުންވެއެވެ.
|
މަޤާމު:
|
ލޮޖިސްޓިކްސް އޮފިސަރ
|
މުސާރައާއި އެލަވަންސް:
|
މުސާރ އަދި އެލަވަންސް: 7,500 ރުފިޔާ
ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ކުންފުނިން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރުމުގެ މަސައްކަތްކުރުން
- ބޭންކުތަކާއި އެކު ކުރަންޖެހޭ އެކި އެކި މުޢާމަލާތްތައް ކުރުން
- ލޮޖިސްޓިކްސް އޮޕަރޭޝަންސްގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި މިކަންކަމުގެ ލިޔެކިޔުންތައް ބެލެހެއްޓުން
- ކުންފުނީގެ އެކި އިވެންޓްތަކަށް ވެނިއު ތައްޔާރުކުރުމާއި ކަމާއި ގުޅޭ އެންމެހާ ލޮޖިސްޓިކްސް މަސައްކަތްތައް ކުރުން
- ކުންފުންޏަށް ގަނެވޭ މުދަލާއި ތަކެތި ގަތުމުގައާއި ސްޓޯރކުރުމުގައި ޕްރޮކިއުމެންޓް ޑިޕާރޓްމެންޓަށް އެހީތެރިވެދިނުން
- އޮފީހުގެ މެއިންޓަނެންސްގެ މަސައްކަތްތައް ބެލެހެއްޓުން
|
މަޤާމުގެ ޝަރުތުތައް:
|
ތަޢުލީމު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ
ތަޖުރިބާ:
- މަސައްކަތުގެ ތަޖުރިބާގެ މަދުވެގެން 5 އަހަރު ހުރުމާއި އެކު، އަސާސީ ތައުލީމުގެ ފެންވަރު ހުރުން
|
މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ތަޢުލީމާއި ތަޖުރިބާ
އިންޓަރވިއު
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
5 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް
|
ނޯޓު :
|
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.
|