މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-251405

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިވިޜަން/ސެކްޝަން:

ޕޮލިސީ ޕްލޭނިންގ، މޮނިޓަރިންގ،ރިސަރޗް ޑިޕާޓްމަންޓް

މުސާރަ:

-/8835 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/2,473.80 ރުފިޔާ (ޓެކްނިކަލް ކޯ އެލަވެންސް)
  • ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/1100 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މެންޑޭޓާ ގުޅޭ ސިޔާސަތުތައް ކަމާބެހޭ ޑިޕާޓްމަންޓްތަކާއި ތަންތަނާއި ގުޅިގެން، އަދި ދާއިރާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، އެކުލަވާލުން.   
  • ދާއިރާގެ އެކިއެކި ސިޔާސަތުތަކާއި ބެހޭގޮތުން ކެބިނެޓަށް މިނިސްޓްރީގެ ފަރާތުންހުށަހަޅަންޖެހޭ ކަރުދާސްތައް ޑިޕާޓްމަންޓްތަކާ ގުޅިގެން އެކުލަވާލައި ހުށަހެޅުމާއި، ކެބިނެޓުން ނިންމަވާގޮތެއް ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކޮށް، ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  • އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޚިދުމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
  • ރާއްޖޭގައި އިޖުތިމާޢީ ޚިދުމަތްދޭ މީހުން ރަޖިސްޓަރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައެޅުން.
  • ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ކުދިން ބައިތިއްބާ މަރުކަޒުތަކުގެ ސިޔާސަތުތަކާއި އެތަންތަނަށް މީހުން ނެގުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުން.
  • ސޯޝަލް ކައުންސިލްގެ ބައްދަލުވުންތަކުގެ މަސައްކަތް ވިލަރެސްކުރުމާއި، ސޯޝަލް ކައުންސިލްގެ ބައްދަލުވުންތަކުގެ ނިންމުންތަކަށް އަމަލުކުރެވޭ މިންވަރު ގަވާއިދުން ބަލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރިޕޯރޓްކުރުން.
  • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ އެސްއޯޕީތައް އެކުލަވާލުމާއި، އާންމުކުރުމާއި، ރިވިއުކުރުން.
  • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތަކާ ގުޅިގެން ތައްޔާރުކުރާ އެކިއެކި ޤާނޫނީ ލިޔުންތައް އެކުލަވާލައި ތައްޔާރުކުރުން އަދި ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލައި ހެދުމާއި ރިވިއުކުރުމާއި އިޞްލާހުކުރަންޖެހޭ ގަވާއިދުތައް އިޞްލާހުކުރުން.
  • ޑިވިޜަންގެ މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރކޮށް އެޕްރައިޒަލް ފޯވަހިތެރޭގައި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރައި ނިންމުމާއި، ސިވިލް ސަރވިސްގެ ގަވާޢިދުގެ ދަށުން މަސައްކަތްތައް ރިވިއުކުރުން.
  • މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖޭގެ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި މި މަސައްކަތްތައް އިސްކޮށް ހިންގައި ބެލެހެއްޓުން.
  • ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ތެރެއިން މިނިސްޓްރީއާ ގުޅުންހުރި މުޢާހަދާތަކާބެހޭ ރިޕޯޓް ހުށަހަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތަކުގައި ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކުރުން އަދި ރިޕޯޓް ހުށަހަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ހަރުދަނާ މޮނިޓަރިންގ ނިޒާމެއް ޤާއިމްކުރުން..
  • ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާ، ޑިކްލަރޭޝަން، ރިޒޮލިއުޝަންތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، މިފަދަ ބައްދަލުވުންތަކާ ގުޅޭ ފަރާތްތަކާ ވިލަރެސް ކޮށް ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.
  • އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ "ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ރިޕޯރޓުތައް ތައްޔާރު ކުރުމާއި އެރިޕޯރޓުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
  • އަލަށް އެކުލަވާލެވޭ އިންސާނީ ޙައްޤު ތަކާބެހޭ މުޢާޙަދާތައް އެކުލަވާ ލުމުގައި ސަރުކާރުން، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • މިނިސްޓރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ މަސައްކަތްތަކާއި ޑޯނަރ އޭޖެންސީތަކާ ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި މަޝްރޫޢުތައް ރާވައި، އެ މަޝްރޫޢުތައް ކަމާބެހޭ ޑިޕާޓްމަންޓްތަކާ ގުޅިގެން ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  • ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، އެމަސައްކަތްތައް ވިލަރެސްކުރުން އަދި އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތައް ތަންފީޒުކުރުން ލަސްވެ ނުވަތަ ދަތިތަކެއް ދިމާވާނަމަ، މިކަންކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކަމާގުޅޭ ޑިވިޜަން/ސެކްޝަންއައި މަޝްވަރާކޮށް ކުރުން.
  • ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތަކާއި އެހެންވެސް ބައިނަލްއަޤަވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ހުރިހާ ޕްރޮގްރާމްސް/ޕްރޮޖެކްޓްތައް ވިލަރެސްކުރުމާއި އެ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރުބަލާ މޮނިޓަރކޮށްބެލެހެއްޓުމާއި ރިޕޯޓްކުރުން.
  • ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތަކާ ގުޅޭގޮތުން ބޭއްވޭ މިޑް ރިވިއު އަދި އެނުއަލް ރިވިއުގެ މަސައްކަތް ޑިވިޜަން/ސެކްޝަން ތަކާއެކު މަޝްވަރާކޮށް މަޢުލޫމާތު އެއްކޮށް، މިމަސައްކަތް ވިލަރެސްކުރުން. އަދި ރީޕްރޮގްރާމް ކުރަންޖެހޭ ހަރަކާތްތައް ރީޕްރޮގްރާމް ކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން.
  • އެހެނިހެން ދާއިރާތަކުން އަދި އެހީދޭފަރާތްތަކުން ގައުމީ ފެންވަރުގައި ބާއްވާ ޕްރޮޖެކްސް/ޕްރޮގްރާމްސް ކޯޑިނޭޝަން އަދި މޮނިޓަރިންގ ބައްދަލުވުންތަކުގައި ދާއިރާގެ ޕްރޮޖެކްސް/ޕްރޮގްރާމްސް ތަކާ ގުޅުންހުރި ކަންކަމުގައި، މިނިސްޓްރީ ތަމްސީލުކޮށް އެފަދަ ބައްދަލުވުމުގެ ނިންމުންތަކަށް ފޮލޯ އަޕް މަސައްކަތް ކުރުން.
  • އ.ދ ގެ ޖަމްއިއްޔާތަކުން އަދި އެހެނިހެން އެހީދޭ ޖަމާއަތްތަކުން ހިންގާ މިނިސްޓްރީގެ ޕްރޮގްރާމް/ޕްރޮޖެކްޓްސް ތަކަށް ފޮނުވަންޖެހޭ  ޕްރޮޕޯސަލްތައް/ފައިނޭންޝިއަލް ސްޓޭޓްމަންޓްތައް/ފޭސް ފޯމް/ރިޕޯރޓްތައް ޕްރޮގްރާމް މެނޭޖަރސްއާއި ގުޅިގެން އެހީދޭ ފަރާތްތަކަށް ފޮނުވުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

އިންޓަނޭޝަނަލް ރިލޭޝަންސް، ސައިކޮލޮޖީ، ސޯޝިއޮލޮޖީ، މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންޓަނޭޝަނަލް ރިލޭޝަންސް، ސައިކޮލޮޖީ، ސޯޝިއޮލޮޖީ، ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

އިންޓަނޭޝަނަލް ރިލޭޝަންސް، ސައިކޮލޮޖީ، ސޯޝިއޮލޮޖީ، މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންޓަނޭޝަނަލް ރިލޭޝަންސް، ސައިކޮލޮޖީ، ސޯޝިއޮލޮޖީ، ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެންބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

26 ޛުލްޙިއްޖާ 1440ހ

27 އޮގަސްޓް 2019މ

 

27 އޮގަސްޓް 2019
ހޯދާ