އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

ޢިއުލާން

    ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމާއިގުޅޭ           

              މިކައުންސިލްގެ ނަމްބަރު:IUL)348-EM/348/2019/7) ފ (11ފެބުރުއަރީ 2019) ޢިއުލާނުން ގޯއްޗަށްއެދި ކުރިމަތިލުމަށް ހުޅުވާލި ފުރުޝަތުގައި އުމުރުން 18 އަހަރާއި 21 ދެމެދުގެ ފަރާތްތަކަށް ގޯއްޗަށް އެދިކުރިމަތިލުމުގެ ފުރުޞަތު ދެވިފައިނުވާތީ ، އަލުން އެފަރާތްތަކަށް ގޯއްޗަށް އެދިކުރިމަތިލުމުގެ ފުރުޞަތުދީގެން ގޯތިދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ކަމާއިގުޅޭ އިދާރާތަކުން ލަފާދެވާފައިވާތީ ، އަލުން އެފަރާތްތަކަށް ގޯއްޗަށް އެދިކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

           ވީމާ، 25 ފެބްރުއަރީ 2019 ގެ ނިޔަލަށް 18 އަހަރު ފުރި ، ނަމަވެސް އެތާރީޚް އަށް 21 އަހަރު ފުރިފައިނުވާ ފަރާތްތަކުން ގޯއްޗަށް އެދިކުރިމަތިލުމުގެ ފުރުޝަތު މިއަދުން ފެށިގެން ހުޅުވާލައިފީމެވެ.

           ވީމާ ، ގޯތިހޯދުމަށް ބޭނުންވެލައްވާ ފަރާތްތަކުގެތެރެއިން މަތީގައި ދެންނެވިފައިވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ "އދ.އޮމަދޫ ގޯއްޗަށް އެދޭ ފޯމް 2019" ނަންގަވާ ފުރުއްވުމަށްފަހު ފޯމުގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު މި އިދާރާއަށް ހުށައެޅުވުން އެދެމެވެ. ރަށުން ބޭރުގައި ހުންނެވުމުގެ ސަބަބުން ފޯމް ނެންގެވުމަށް  ވަޑައިގެންނެވެން ނެތްނަމަ، ސިޓީއަކާއެކު މީހަކު ފޮނުވުމުން އެފަރާތަކާއި ފޯމް ޙަވާލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 25 އޯގަސްޓް 2019 ން ފެށިގެން 04 ސެޕްޓެމްބަރު 2019 ގެ ނިޔަލަށް ބަންދު ނޫން ކޮންމެދުވަހެއްގެ ހެނދުނު 9.00 ން މެންދުރުފަހު 1.00 އަށެވެ. ގޯއްޗަށްއެދި ހުށައަޅުއްވާ ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގަތްކަން އަނގައިދޭ ސްލިޕެއް ލިބިވަޑައިގަންނަވާނެއެވެ.

          މި އިޢުލާނާއެކު " އދ.އޮމަދޫން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް އަންގައިދޭ ޗާޓް" އާއި ގޯއްޗަށް އެދި މިބުރުގައި ހުށައެޅޭނެ މީހުންގައި ހުންނަންވާ ޝަރުތު، އާއި ގޯއްޗަށް އެދޭ ފޯމްތަކަށް ފޮއިންޓުދޭނެ ތާވަލް މިއިދާރާގެ ނޯޓިސް ބޯޑާއި ، ސަރުކާރުގެ ގެޒެޓްގައި ޝާޢިރު ކުރެވިފައިވާނެއެވެ.

          އަދިދަންނަވަމެވެ. މިޢިއުލާނާއި ގުޅިގެން ހުށައެޅޭފޯމްތަކަށް ފޮއިންޓުދިނުމަށް ކަނޑައެޅިފައިވާ ބައިތައް  ޕޮއިންޓު ދިނުމުގައި ބަލާނީ މިކައުންސިލްގެ ނަމްބަރު؛IUL)348-EM/348/2019/7):ެފ (11 ފެބުރުއަރީ 2019) އިއުލާނުގެ މުއްދަތު ހަމަވިތާރީޚް ކަމުގައިވާ 25 ފެބުރުއަރީ 2019 ގެ ނިޔަލަށް  ފޯމް ހުށައަޅާފަރާތުގެ ހާލަތަށެވެ.

         މީގެ އިތުރަށް އަލަށް ހުށައެޅޭ ފޯމްތަކުގެ ނަތީޖާއާއި ގުޅިގެން އެކުލަވާލެވޭ ލިސްޓުގައި ކުރިން ، މިކައުންސިލްގެ ނަމްބަރު : IUL)348-EM/348/2019/7) ފ (11 ފެބުރުއަރީ 2019) އިޢުލަނާއި ގުޅިގެން ދޫކުރެވިފައިވާ ގޯތިތަކުގެތެރެއިން ގޯތިލިބި ވަށާފާރައި ރުއްގަހުގެ ބަދަލު ނިމިފައިވާ ފަރާތެއް ހިމެނިފައިނުވާނަމަ ، އަލަށް އެގޯތި ލިބޭފަރާތަކުން އެގޯތީގެ އިންފާރުގެ ބަދަލު ހަމަޖައްސައިދޭން ޖެހޭނެކަމުގައިވެސް ދެންނެވީމެވެ.

          ވުމާއެކު ، ގޯތިހޯދުމަށް ބޭނުންވެލައްވާ އެންމެހާ ފަރާތްތަކުން ޢިއުލާނުގައިވާ މުއްދަތަށް ފޯރމް ނަންގަވައި ފޯރމްގައި ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތުތައް ކިޔަން އެނގޭނެހެން ފުރިހަމަކޮށް މުއްދަތަށް ހުށައެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

          މީގެ އިތުރަށް ކައިވެންޏެއްކޮށް ކައިވެނި ރޫޅި ދަރިންތިބެ ދަރިން ބަލަހައްޓަމުންގެންދާނަމަ ދަރިން ބަލަހައްޓަމުންގެންދާ ފަރާތުން އެކަންއެގޭނެ ޝަރުޢީ ލިޔުމެއް ފޯމާއެކު ހުށައެޅުންއެދެމެވެ.

             24 ޒުލްޚިއްޖާ     1440 ހ

             25 އޮގަސްޓު     2019  މ

 

 

`

 

ގޯއްޗަށްއެދޭމީހުންނަށްޕޮއިންޓްދިނުމުގެއުޞޫލް

 

1. ކައިވެނީގެ ބައި :

      މީހަކާ އިނދެގެންހުރިނަމަ                                                  25 ޕޮއިންޓް

      ކުރިން މީހަކާއިންދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ                        20 ފޮއިންޓް  

2. ޢުމުރުގެ ބައި :

      (ހ) ޢުމުރުން 18 - 25 އަހަރާ ދެމެދު ނަމަ                                   05 ޕޮއިންޓް

      (ށ) ޢުމުރުން 25 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 07 ޕޮއިންޓް)                   07 ޕޮއިންޓް

3. ދަރިންގެބައި:

(ހ) 18 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ                                            05 ޕޮއިންޓް

     (ށ) 18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް                04 ޕޮއިންޓް

    (މިބަޔަށްގިނަވެގެން ދެވޭނީ 16 ޕޮއިންޓް)     

      (ނ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ            03 ޕޮއިންޓް

      (ރ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ  1 ކުއްޖަކަށްވުރެ

   ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)                       04 ޕޮއިންޓް

4- މައިންބަފައިންގެ ބައި :

   (ހ) މަންމަ ބަލަމުންގެންދާނަމަ                                                03 ޕޮއިންޓް

(ށ) ބައްޕަ ބަލަމުންގެންދާނަމަ                                                    03 ޕޮއިންޓް

(ނ) މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ            03 ޕޮއިންޓް

 

5- ރައްވެހިކަމުގެބައި :

            (ހ) ރަށުގެ ރައްވެއްސެއްނަމަ                                           20 ޕޮއިންޓް

            (ށ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ދިރިއުޅޭތާ 5 އަހަރުވެފައިވާނަމަ         15 ޕޮއިންޓް

            (ނ) ރަށުގައި ދިރިއުޅޭނަމަ                                             10 ޕޮއިންޓް

6- ޕޮއިންޓް އުނިކުރުން :

(ހ) އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ                                   25 ފޮއިންޓް

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތިނުލުބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ    10 ޕޮއިންޓް

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތިނުލުބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ    10 ޕޮއިންޓް

(ރ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗައްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް     05 ޕޮއިންޓް

(ބ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗައްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް      05 ޕޮއިންޓް

 

ޖުމްލަ :                                                            ޕޮއިންޓް  

އިތުރު ތަފްޞީލް :

v     ނަމްބަރ 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ޢާއިލާ ކައިވެނި ރޫލިފައި ވާނަމައެވެ. އަދި މިބައިން މާކްސް ލިވޭނީ ލިބިފައިވާ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ކަމުގައި ވާނަމައެވެ.

v     ނަމްބަރ 02 ގައިވާ ޢުމުރުގެ ބައި ބަލާނި ގޯތި ދޫކުރުމަށް ކުރި އިޢުލާމުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.

v     ނަމްބަރ 03  ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނި ޖުމަލަ 16 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނި ގޯއްޗައް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބިދަރިންނަށެވެ. ( މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުންގެންދަނީ ގޯއްޗަށް އެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭމީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.)

v     ނަމްބަރ 04 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ.

v     ނަމްބަރ 04 ގެ (ނ) ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކު ބަލަމުންދާނަމައެވެ.

v     ގޯއްޗަށްއެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތިދޭ ތާރީޚަށެވެ.

 

ގޯތިލިބޭގޮތް :

v     ގޯތިލިބެންޖެހޭ މިހުން ހޮވާނި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓްލިބިފައިވާ މީހުންތިބިނަމަ އޭގެތެރެއިން ގޯތިލިބޭމީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

v     ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ވިސްވަނަވަންވާނެއެވެ.

v     ގޯތިލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތައް ކަމުގައި ކަނޑައެޅިދާނެއެވެ.

 

                         އދ.އޮމަދޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތައް 2019

        1.ދިވެހި ރައްޔިތަތު ކަމުގައިވުން.

        25.2 ފެބްރުއަރީ 2019 ގެ ނިޔަލަށް 18 އަހަރު ފުރި ، އެތާރީޚް އަށް 21 އަހަރު ފުރިފައިނުވާ ފަރާތްތަކަށްވުން.

        3.ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން .

        4.އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް      ލިބިފައިނެތުން ، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުން.

        5.ސަރުކާރުންހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

        6. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

        7.ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި ، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި ، ގޯއްޗަށް އެދިފައިވާ މީހާޢާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި ، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ، ނުވަތަ އޮވެ ، އެ ގޯއްޗަކާއިމެދު އަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކޮށް ، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތިނުނެގޭނެ ގޮތެއް ބަލާ ، އެމީހަކީ ، ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް މިކައުންސިލުން ގޯތި ދިނުމަށް ކަނޑައަޅާ ކޮމެޓީއަށް ފެނުން.

 

ގޯއްޗަށް އެދޭ މީހުންނަށް ކޮންމެހެން އެގެންބޭނުންވާ މަޢުލޫމާތުތައް

   ގޯތި ދޫކުރުމުގެ ކަންތައް ގެންދާނެތަރުތީބު:

  • އެންމެ ފުރަތަމަ ފޯރމްތައް ސާފުކޮށް ޝަރުތުހަމަވާ މީހުން ކަނޑައަޅާނީއެވެ.
  • ޝަރުތު ހަމަވާމީހުން ކަނޑައަޅާ ނިމުމުން ޕޮއިންޓް ތާވަލުގައިވާގޮތުގެ މަތީން ފޯރމްތަކަށް ޕޮއިންޓް ދެވޭނެއެވެ. މިގޮތުން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ އަނބި/ފިރިންގެ މަޢުލޫމާތު ޕޮއިންޓް ދިނުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުންނާއި އަދި އދ.އޮމަދޫ މެޖިސްޓްރޭޓް ކޯރޓުން ސާފު ކުރެވޭނެއެވެ.           
  • ޕޮއިންޓްދީ ނިމުމުން ޕޮއިންޓް ލިބިފައިވާ ޖުމްލަ ޢަދަދަށްބަލާ ގޯއްޗަށް އެދިފައިވާ މީހުން ތަރުތީބު ކުރެވޭނެއެވެ.
  • ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ޢަދަދަށް މީހުން ނެގުމަށްޓަކައި އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ މީހުން ނަގަމުންގޮސް ޢަދަދު ހަމަކުރެވޭނެއެވެ. ( މިގޮތުން މީހުން ނަގަމުންދާއިރު، އެކަކަށް ގޯތި ލިބުމުގެ ސަބަބުން އޭނާއާއި ޢާއިލީގޮތުން ގުޅިފައިވާ ފަރާތްތަކަށް ޕޮއިންޓް އުނިކޮށް އަދި ޝަރުތެއް އުނިވެއްޖެނަމަ، އެމީހެއްގެ ފޯރމް ބާޠިލްކޮށް އަލުން ލިސްޓް ތަރުތީބު ކުރެވޭނެއެވެ. )
  • ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ޢަދަދަށް މީހުން ހަމަކުރުމުގައި ، އެންމެ ފަހުގޯތި ލިބޭމީހާއާއި އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެ ތެރެއިން ގޯތިލިބޭފަރާތްތައް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
  • ޕޮއިންޓްލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ ގޯތިލިބޭނީ ޕޮއިންޓްގެ ގޮތުން އެންމެމަތީ މީހަކަށެވެ. އަދި ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށް ކަމުގައިވާނަމަ އެދެމަފިރިންގެ އެއްމެދު ގޯއްޗެއްގެ ގޮތުގައި އެއްގޯތި ދޫކުރެވިދާނެއެވެ. ނުވަތަ ދެފަރާތުން އެއްބަސްވާނަމަ އެއްފަރާތަށް ގޯތި ދޫކުރެވިދާނެއެވެ. ނުވަތަ ދެގޮތުންކުރެ ގޮތެއް އެއްބަސްނުވެވިއްޖެނަމަ އެދެމަފިރިންގެ ތެރެއިން ގޯތިލިބޭފަރާތް ކަނޑައަޅާނީ އެދެމަފިރިންގެ ދެމެދުގައި ގުރުއަތު ލައިގެންނެވެ.
  • ގޯތި ދޫކުރަން އޮތް ޢަދަދަށް ގޯތި ދޫކޮށް ނިމުމުން އެފަރާތަކަށް ލިބެ ބިން ކަނޑައެޅުމަށްޓަކައި އިތުރު ގުރުއަތެއް ގޯތި ލިބޭކަމަށް ހޮވުނު އެންމެންގެ މެދުގައި ނަގަންވާނެއެވެ. އެގުރުއަތު ނެގުމުގެ ކުރިން ދޫކުރެވޭ ގޯތިތަކާއި އެގޯތިތައް ވަކިވަކިން އެގޭނެހެން އެސަރަޙައްދުގެ ބިނާވެށި ޕްލޭން ޢާންމުކޮށް އިޢުލާން ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • މި ފޯރމްގައި ޙަޤީޤަތާއި ޙިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ. އެފަދަ ސަބަބަކާހުރެ ފޯމު ބާޠިލްކުރަން ޖެހޭނަމަ ބާޠިލްކުރަން ޖެހުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން ފޯރމު ހުށައެޅިފަރާތަށް އެންގޭނެއެވެ.
  • އެއްވެސް ފަރާތަކަށް ގޯތި ލިބިފައިވަނިކޮށް، ގޯތިދޫކުރެވިފައިވަނީ ފޯރމުގައި ހިމަނާފައިވާ ނުބައި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޕޮއިންޓެއްގެ މައްޗަށްކަމަށް ސާބިތުވެއްޖެނަމަ ބަދަލު ދިނުމަކާނުލައި އެގޯތި އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.
  • ގޯއްޗަށްއެދިފައިވާ މީހުންގެ ފޯރމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުތުހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓްލިބޭ މީހުން ކަނޑައަޅާނީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ކޮމިޓީންނެވެ.
  • ފޯރމު ހުށައަޅާފަރާތުގެ ރަށްވެހިކަން، ޢުމުރު، ދަރިން ތިބިވަރު، ކައިވެނީގެ ހާލަތު، ކައިވެނީގެ މުއްދަތު ގޯތިގެދޮރުގެ މަޢުލޫމާތު އަދި އެހެނިހެން ބައިތަކަށް މާކްސް ދިނުމުގައި ބަލާނީ ފޯރމު ހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެފަހު ތާރީޙުގެ ޙާލަތަށެވެ.
  •  ފޯރމު ހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެފަހު ތާރީޙްގެ ފަހުންވެސް ތިރީގައިވާ ޙާލަތަށް ބަދަލެއް އައިސްފައި ވާނަމަ ޕޮއިންޓް ދިނުމުގައި އަދި ގޯތިދިނުމުގައި އެހާލަތަކަށް ރިއާޔަތްކުރެވޭނެއެވެ. އަދި މިއިން ކަމަކާގުޅިގެން ފޯރމު ހުށައަޅާ މީހާގައި ހުންނަންވާ ޝަރުތެއް އުނިވެއްޖެނަމަ އެމީހެއްގެ ފޯރމް ބާޠިލް ވާނެއެވެ.

ހ. ފޯރމު ހުށައަޅާފައިވާ މީހާ ނިޔާވުން.

ށ. ހިބައިން، ވަސިއްޔަތުން، ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ބިމެއް ލިބުން.

ނ. ދިވެހިރައްޔިތަކު ކަމުން ވަކިވުން.

25 އޮގަސްޓް 2019
ހޯދާ