މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ނަރުދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓްރޫމްގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް

ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 01 އޯގަސްޓް 2019 ގައި ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2019/24 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތަށް އަލުން ފުރުޞަޠު ހުޅުވާލަމެވެ.

ވީމާ، ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 އޯގަސްޓް 2019 ދުވަހުގެ 11:00 ށ.ނަރުދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 05 ސެޕްޓެމްބަރ 2019  ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން ށ.ނަރުދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޮނުއްވަންވާނީ ސިޓީއަކާއެކުގައެވެ.

މިމަސައްކަތް ޙަވާލުކުރެވޭނީ، ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކާއި، ޕާޓްނަޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

22 އޮގަސްޓް 2019
ހޯދާ