ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ ދަށުން ފުވައްމުލަކު ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތްކުރުމާއި ގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގައި ހައުސިންގ ޔުނިޓްތައް އެޅުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން ދިރިއުޅުމަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވާ ފަރާތްތަކަށް މި މަޝްރޫޢުގެ ދަށުން ގެ އެޅުމަށް ވަނީ ހަމަޖައްސަވައިފައެވެ.

ވީމާ، މިމަޝްރޫޢުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކުން "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިމާރާތްނުކުރެވި ހުރި ހުސް ގޯތިތަކުގައި ގެ އެޅުމަށް އެދޭ ފޯމް" 08 ސެޕްޓެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށަހެޅުއްވުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

އަދި މިމަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާއި ބެހޭ އުސޫލް މި އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން  ވެސް ލިބެން ހުންނާނެއެވެ.

22 އޮގަސްޓް 2019
ހޯދާ