އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޓާނިޓީ ވޯޑުގައި ދޮރުހަރުކުރުން

މި ހޮސްޕިޓަލްގެ މެޓާނިޓީ ވޯޑުގައި އެލްމެނިއަމް ދޮރުޖަހައި ހަރުކޮށްދޭނެ ފަރާތެއް ހޯދަންކުރި އިއުލާން ނަންބަރ  (IULAAAH-A-AD/AAAH/2019/7 ( 25 ޖުލައި 2019 ) އާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅުއްވާފައިވަނީ ދެ ފަރާތަކުންކަމުގައި ވާތީވެ މިއިއުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

            ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު،05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ10:00 އަށް މި ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވާންޖެހޭނީ އައި.ޑީ.ކާޑު ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީއާއި އެކުގައެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

21 އޮގަސްޓް 2019
ހޯދާ