ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/ 4,465ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންސްޓްރިބިއުޝަން
  3. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފާއިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ކައުންސިލް އިދާރާގެ ފައިސާގެ އެންމެހާ ކަންތައްތައް ދަޢުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން.

2-      ކައުންސިލް އިދާރާއަށް ލިބޭ ފައިސާ ރަސީދުން ބަލައިގަނެ ތިޖޫރީއާއި ހަވާލުވެހުރި ފަރާތާއި ޙަވާލުކުރުން

3-      މުވައްޒަފުންގެ މުސާރަ ޝީޓާއި އެކަމާއި ބެހޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، މުސާރަ ހަވާލުކުރުމާއި އެކަމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

4-      ޚަރަދުކުރެވޭ އެންމެހައި ވައުޗަރތައް ތައްޔާރުކޮށް ފައިސާގެ ރެކޯރޑްތައް ބަލަހައްޓައި ފައިސާ ހަވާލުކުރުން.

5-      ފައިސާގެ އައިޓަމް ބާކީތައް ބެލެހެއްޓުން.

6-      ކައުންސިލް އިދާރާގެ ބޭންކް އެކައުންޓްތައް ބެލެހެއްޓުން.

7-      ކައުންސިލްއިން ނިންމާ ގޮތަކަށް ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ކަނޑައަޅާފައި އޮންނަ ތާރީޙަށް އެކަމާއި ގުޅޭ އިދާރާތަކަށް ފޮނުވުން.

8-      މުދަލުޒަކާތާއި ފިޠުރު ޒަކާތް ބަލައިގަނެ އޭގެ ހައްޤުވެރިންނަށް ބަހާ، ޒަކާތާއި ބެހޭ އެންމެހައި ރިޕޯރޓްތައް ތައްޔާރުކޮށް ކަމާއިގުޅޭ ވުޒާރާއަށް ފޮނުވުން.

9-      ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ ފައިސާ އާއި ގުޅޭ އެންމެހައި ރިޕޯރޓްތައް ތައްޔާރުކޮށް، ކަމާއިގުޅޭ އިދާރާތަކަށް ފޮނުވަން ކަނޑައަޅާފައިވާ ތާރީޙަށް ފޮނުވުމާއި އެލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

10-    ކޮންމެ އަހަރަކު ހަދަންޖެހޭ ކައުންސިލް އިދާރާގެ މާލީ ބަޔާން ތައްޔާރުކޮށް އޮޑިޓް އޮފީހަށް ފޮނުވުމާއި ފައިލްކޮށް ބެލެހެއްޓުން.

11-    އެކި އެކި ފަރާތްތަކަށް ހަވާލުކުރުމަށް ފޮނުވާ ފައިސާ އެފަރާތްތަކާއި ޙަވާލުކުރުން.

12-    އިތުރުގަޑީގެ ފޯމު ފަދަ ފައިސާއާއި ގުޅުންހުރި ފޯމްތައް ހަދައި މުވައްޒަފުންނާއި ޙަވާލުކުރުން.

13-   އެކިއެކި ފަންޑުތަކާއިބެހޭ ހިސާބުތައް ޤަވާޢިދުން ބަލަހައްޓައި ރިޕޯޓުތައް ތައްޔާރުކުރުން.

14-   ކައުންސިލްގެ ސެކްޝަންތަކަށް ބޭނުންވާތަކެތި ހޯދުން.

15-   މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަހުގެ ފައިސާއޭގެ ވެރިންނަށް ފައިސާ ޙަވާލުކުރުން.

16-    ކައުންސިލް އިދާރާގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީ ބާކީ ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުން.

17-   ރުއްގަހުގެ ބަދަލު ފައިސާ ޙަވާލުކުރުމާއި އެކަމާގުޅޭ ރިޕޯޓުތައް

18-   ތިޖޫރި ދުވަހުގެ ރިޕޯޓް ހަދާއި މަހަކު އެއްފަހަރު ޒިންމާދާރުވެރިޔާއަށް ހުށަހެޅުން.

19-   މިސްކިތު މުވައްޒަފުންގެ ބަންދު ދުވަސްތަކުގެ ރެކޯރޑް ބެލެހެއްޓުން.

20-    ވަޤުތީގޮތުން މިސްކިތް ބަލަހައްޓާ ފަރާތްތަކުގެ ރެކޯރޑް ބެލެހެއްޓުން.

21-   ކައުންސިލްގެ ސެކިއުރިޓީ ކަންކަން ސްޕަވައިޒުކޮށް ބެލެހެއްޓުން.

22-   ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:  

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިވިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-       ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ.

2-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ނަމާއި، އެޑްރެސް، ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ފަދަ މުޙިއްމު މަޢުލޫމާތު ހިމެނޭގޮތަށް(

3-       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. )ލިޔެފައިވާ ލިޔުންތައް

ކިޔަން އެނގޭ ފަދަ ކޮޕީއެއް(

4-       ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު، އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-       ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރު މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-       ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-       ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-       މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

(ހ) ދައުލަތުގެ މުވައްސަސާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

 

 

 

ދާއިރާ

 

ބެލޭނެ ބައިތައް

 

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

35

35

 

40

މަސައްކަތުގެ ދައިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

210

100

100

 

  • މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 01 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދު ވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ( މިފަދަ ލިޔުންތައް ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.) އަދި އިޢުލާންނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 02 ސެޕްޓެމްބަރ 2019 އިން 07 ސެޕްޓެމްބަރ 2019 އާއި ދެމެދު ލ.އިސްދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފާއިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.   

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6800709 ނަންބަރު ފޯނާއެވެ.

21 އޮގަސްޓް 2019
ހޯދާ