މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

އިދާރާގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

            މި އިދާރާގެ ވަށާފާރާއި، ނަލަފިލާ ބަދަލުކުރުމާއި މެސްރޫމްގެ ކިޗަންބައި އަދި ކައުންޓަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު: (IUL)298/2019/43 އިޢުލާން އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.

            މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 11:00ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތަކަށް މައުލޫމާތު ސާފުކުރެވޭނީ އެއްފަރާތައް ކަމުގައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަވެސް ދެންނެވީމެވެ.

              މި އިއުލާނަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                  21 އޮގަސްޓް 2019

        

  

21 އޮގަސްޓް 2019
ހޯދާ