ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެފް.އެސް.އެމް ފިއުލް ޝެޑްތަކާއި، އެހެނިހެން ސައިޓްތަކުގެ ސެކިއުރިޓީ، 1 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިކުންފުނިން ކުރި އިޢުލާނު (FSM-ADV-2019/024) ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން މާލެއާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމު ކޮށްފައިވާ އެފް.އެސް.އެމް ފިއުލް ޝެޑްތަކާއި، އެހެނިހެން ސައިޓްތަކުގެ ސެކިއުރިޓީ، 1 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިކުންފުނިން ކުރި އިޢުލާނު (FSM-ADV-2019/024)  ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • މަޢުލޫމާތު ސާފުކުރުން: 26 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައި
  • ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 02 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައި

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331456 ނުވަތަ 3331457 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

20 އޮގަސްޓް 2019
ހޯދާ