އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ކައުންސިލްގެ 8 ވަނަ ފުޓްބޯޅަ މުބާރާތާއި ގުޅޭ

އިޢުލާން

ހިމަންދޫ ކައުންސިލްގެ 8 ވަނަ ފުޓްބޯޅަ މުބާރާތާއި ގުޅޭ

 

 

 

 

                    އއ.ހިމަންދޫ ކައުންސިލްގެ 8 ވަނަ ފުޓްބޯޅަ މުބާރާތް 2019 އޮކްޓޯބަރ 15 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. 1 ސެޕްޓެމްބަރ 2019 ވަނަ ދުވަހުން ފެށިގެން މުބާރާތުގެ ޤަވައިދާ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.  

                   ވީމާ، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 2019 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާން އެދޭ ފޯމް ފުރިހަމަކޮށް ފޯމްގައިވާ ތަކެއްޗާއެކު މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހިމަންދޫ އަށް ނިސްބަތްވާ ޓީމްތަކާއި މި ކައުންސިލް އިދާރާއިން މި މުބާރާތުގައި ބައިވެރިވާން ދަޢުވަތު ދީފައިވާ ރަށްތަކުގެ ޓީމްތަކަށެވެ. އަދި އެއްވެސް ކުލަބް ޖަމިއްޔާއެއްގެ ނަމުގައި މި މުބާރާތަކު ބައިވެރިއެއް ނުވެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 9180071 – 7910210 މި ނަމްބަރު ތަކަށް ގުޅުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.  

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮގަސްޓް 2019
ހޯދާ