ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސ.ހުޅުމީދޫ އިންޖީނުގެ ބޮޑުކުރުމުގެ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

ނަންބަރު:FNK-I/IUL/2019/156

 

 

އިޢުލާން

 

ސ.ހުޅުމީދޫ އިންޖީނުގެ ބޮޑުކުރުމުގެ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް ސ.ހުޅުމީދޫ އިންޖީނުގެ ބޮޑުކުރުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  މި އިޢުލާނާ ގުޅޭ ބިޑް ޑޮކިއުމަންޓް  18 އޮގަސްޓް 2019 އިން 21 އޮގަސްޓް 2019 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 14:30 އަށް މިކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގެ ކައުންޓަރުން އަދި ސ. ހުޅުމީދޫ ބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ބިޑް ޑޮކިއުމަންޓާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މެއިލްކުރާނީ 18 އޮގަސްޓް 2019 އިން 21 އޮގަސްޓް 2019 ނިޔަލަށް [email protected] އަށެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގަތް އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

     ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތަކާއި ބިޑް ޑޮކިއުމަންޓް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

             07 ޛުލްޙިއްޖަ 1440

             08 އޮގަސްޓް 2019

 

 

            

 

08 އޮގަސްޓް 2019
ހޯދާ