ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ. އަތޮޅުގެ ފަޅުފަޅުން ދާއަޅައިގެން މަސްހިފުން މަނާކުރުން

 

 

ވ. އަތޮޅުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅުތަކާއި ފަރުފަރުގައި ދާއަޅައިގެން ފަޅުތަކުން މަސް ހިފަމުންދާތީ މި މައްސަލަ ވަރަށް ބޮޑުވެގެން އަތޮޅު ރައްޔިތުންނާއި ކައުންސިލްތަކުން މި ކައުންސިލައް ހުށަހަޅަމުން ގެންދާތީވެ މިކަމަކީ ކަނޑުފަޅުގެ ދިރުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަކަށްވެފައި  މިކަމުގެ ސަބަބުން އަތޮޅުގެ ލޯކަލް ޓުއަރިޒަމްއަށް ވަރަށްބޮޑަށް ނޭދެވޭއަސަރު ކޮށްފާނެކަމަށްވާތީ ވ. އަތޮޅުގެ އިޚްތިޞާޞް ސަރަހައްދުގައި ޤާނޫނާއި ގަވާއިދާއި ހިލާފައް ދާ އަޅައި ހެދުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އިއުލާން ކުރުމަށް 05 އޮގަސްޓް 2019 ގައި ބޭއްވުނު މިކައުންސިލްގެ 12 ވަނަޖަލްސާގައި ބައިވެރިވެލެއްވި 3 މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.           

 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

               08  އޯގަސްޓް  2019    

 

 

08 އޮގަސްޓް 2019
ހޯދާ