މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޓޫރިޒަމް އެމްޕްލޯއިމަންޓް އެޕްލިކޭޝަން ފަރުމާކޮށް ތައްޔާރު ކުރުމާ ގުޅޭ އަންދާސީ ހިސާބު ހޯދުމަށް

ޓޫރިޒަމް އެމްޕްލޯއިމަންޓް އެޕްލިކޭޝަން ފަރުމާކޮށް ތައްޔާރު ކުރުމާ ގުޅޭ އަންދާސީ ހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާފަރާތްތަކުގެ ތަފުސީލީ ތަފާސްހިސާބާއި މަޢުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއް ޕްލެޓްފޯމަކުން ގުޅުވާލުމަށް، މި މިނިސްޓްރީއިން ދޭ މަޢުލޫމާތުތަކާ އެއްގޮތަށް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން):

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. މަޢުލޫމާތު ސެޝަންގައި، މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް އާއި މުހިންމު މަޢުލޫމާތުތަކެއް ހިއްސާ ކުރުމަށް ހަމަޖެހިފައިވާތީ، މި ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން:

27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 13:30 ގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

06 ޛުލްޙިއްޖާ 1440

07 އޮގަސްޓް 2019
ހޯދާ