މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ސްޓޭމްޕް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

                                             ނަންބަރު: IUL)471-CDS3/1/2019/116)

       

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ސްޓޭމްޕް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދެ އަހަރު ދުވަހުގެ މުއްދަތަށް އާކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޗެކަރ ސްޓޭމްޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 08 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި،  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ  12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 އޮގަސްޓް 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ދަރުބާރުގޭގައި ކުރަންހުރި މަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާނު ނަންބަރު:   (IUL)471-CDS3/1/2019/116

 

                                              03 ޛުލްޙިއްޖާ 1440ހ.

                                              04 އޮގަސްޓް 2019މ.

04 އޮގަސްޓް 2019
ހޯދާ