މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އަތޮޅުތަކުގެ ސީ އެމްބިއުލަންސްގެ ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ހޯދުން.

ކޮންޓްރެކްޓް އުޞޫލުން މިދަންނަވާ ސީ އެމްބިއުލަންސްތަކުގެ ވަޒީފާއަށް މުވައްޒަފުން ބޭނުންވެއެވެ.

ސީ-އެމްބިއުލަންސް

ބޭނުންވާ މަގާމާއި ޢަދަދު

މަގާމު

ޢަދަދު

މަގާމު

ޢަދަދު

ހދ.ކުޅުދުއްފުށި ސީ އެމްބިއުލަންސް

ޑްރައިވަރ

1

ފަޅުވެރި

1

ގއ.ވިލިގިލި ސީ އެމްބިއުލަންސް

ޑްރައިވަރ

1

ފަޅުވެރި

1

ތ.ވޭމަންޑޫ ސީ އެމްބިއުލަންސް

ޑްރައިވަރ

1

ފަޅުވެރި

1

ށ.ފުނަދޫ ސީ އެމްބިއުލަންސް

ޑްރައިވަރ

1

ފަޅުވެރި

1

ހދ.މަކުނުދޫ ސީ އެމްބިއުލަންސް

ޑްރައިވަރ

1

ފަޅުވެރި

1

ގދ.ތިނަދޫ ސީ އެމްބިއުލަންސް

ޑްރައިވަރ

1

-

-

ވ.ފެލިދޫ ސީ އެމްބިއުލަންސް

ޑްރައިވަރ

1

ފަޅުވެރި

1

ޅ.ނައިފަރު ސީ އެމްބިއުލަންސް

ޑްރައިވަރ

1

ފަޅުވެރި

1

ކ.ކާށިދޫ ސީ އެމްބިއުލަންސް

ޑްރައިވަރ

1

ފަޅުވެރި

1

ދ.ކުޑަހުވަދޫ ސީ އެމްބިއުލަންސް

ޑްރައިވަރ

1

ފަޅުވެރި

1

ސ.ހުޅުދޫ ސީ އެމްބިއުލަންސް

-

-

ފަޅުވެރި

1

ރ.އުނގޫފާރު ސީ އެމްބިއުލަންސް

-

-

ފަޅުވެރި

2

ލ.ކައްދޫ ސީ އެމްބިއުލަންސް

-

-

ފަޅުވެރި

1

ގދ.ގައްދޫ ސީ އެމްބިއުލަންސް

-

-

ފަޅުވެރި

1

ފ.ނިލަންދޫ ސީ އެމްބިއުލަންސް

-

-

ފަޅުވެރި

1

ޑްރައިވަރ މަގާމުގެ މުސާރައާއި އިނާޔަތްތައް، މަސްއޫލިއްޔަތު އަދި މަގާމުގެ ފެންވަރު/ޝަރުތު

މުސާރަ:

މަހަކު -/5,020 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1,757.00 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 8,877.00 ރުފިޔާ ލިބޭނެއެވެ.) މީގެއިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ

އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން A,B,C ލައިސަންސް ލިބިފައިވުން.

2- ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

ފަޅުވެރި މަގާމުގެ މުސާރައާއި ޢިނާޔަތްތައް، މަސްއޫލިއްޔަތު އަދި މަގާމުގެ ފެންވަރު/ޝަރުތު

މުސާރަ:

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ 

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1,562.75 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 7,627.75 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ

އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި،  ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

 

1-      އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން     2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުމާއި ގިނަ ވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން.

ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމުތަކުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ،       2019 އޮގަސްޓް 8 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ         އެ އަތޮޅެއްގެ  އަތޮޅުކައުންސިލް އިދާރާ/ރަށުކައުންސިލް އިދާރާ ނުވަތަ ސިޓީކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ގުޅޭނެފޯން ނަންބަރާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ފޮނުއްވުން އެދެމެވެ.  މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

27 ޛުލްޤަޢިދާ 1440

30 ޖުލައި 2019
ހޯދާ