މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                     ނަންބަރ: MTCC-HRAD/IU/2019/126­ 

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

          މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޓް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

ސީނިއަރ ޢެންވަޔަރަމެނޓަލް އިންޖިނިއަރ  

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

މުސާރަ:        

  • -/20،415ރ (މަހަކު)
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
    • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

އެޑިޔުކޭޝަނަލް އެލަވަންސް:

މަޤާމާއި ގުޅުންހުރި ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

ވަޒިފާ އަދާކުރަންޖެހޭ ތަން:

އެމްޓީސީސީ ޓަވަރ

ޝަރުޠު                 

  • ޑިގްރީ އިން އެންވަޔަރަންމަންޓަލް ސައިންސް / އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ނުވަތަ މި ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން މި ދާއިރާއިން 02 އަހަރު ދުވަހު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • އީ.ޕީ.އޭ ގައި އީ.އައި.އޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނީގެ ޕްރޮޖެކްޓްސްތަށް ހިންގުމުގެ މަސައްކަތަށް ބޭނުންވާ އެންވަޔަރަންމަންޓަލް އެނަލައިސިސްތަށް ހަދައި އީ.ޕީ.އޭ ގެ ސްޓޭންޑަޑްތައް ހިފެހެއްޓުމައި އެކަމަށް ބޭނުންވާ އެސެސްމަންޓްތައްހަދައި ރިޕޯޓް އެކުލަވާލުން.
  • މަސައްކަތް ކޯރޑިނޭޓްކޮށް މި ކަންކަމުގެ ލަފާދީ މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ މި މަސައްކަތްކުރުން.

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 05 އޮގަސްޓް އިން 12 އޮގަސްޓް 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

އިލެކްޓްރިޝަން (ތިލަފުށި)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

ޢަސާސީ މުސާރަ:        

  • 8100-9100/- އާއި ދެމެދު.
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ހުރުމާއި ކެއުން ތިލަފުށީގައި ހަމަޖެހިގެން ދާނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ޝަރުޠު                 

  • މަސައްކަތާއި ގުޅޭ ދާއިރާއަކުން ވޮކޭޝަނަލް ކޯސް ހަދާފައިވުން ނުވަތަ މި މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.      

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ރަނގަޅު ފެންވަރެއްގައި ކުންފުންޏަށް ބޭނުންވާ އިލެކްޓްރިކަލް މަސައްކަތް ކުރުން އަދި ދެވިފައިވާ ގަޑިއަށް މަސައްކަތްތަށް ނިންމުން.

އިންޓަރވިއު:

  • މ މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 05 އޮގަސްޓް އިން 12 އޮގަސްޓް 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.ެ.

މަޤާމް:

ބޯޓް ބިލްޑަރ

ބޭނުންވާ އަދަދު:           

02

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާި ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް:

  • 13140-12140/- އާއި ދެމެދު.
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ހުރުމާއި ކެއުން ސައިޓްގައި ހަމަޖެހިގެން ދާނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. ތިލަފުށި ސައިޓްގައި

ޝަރުޠު                 

  • ކިއްސަރު ވަޑާން ކުރަން ދަންނަ ފަރާތެއްކަމުގައިވުމާއިއެކު މަދުވެގެން 2 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • އޮޑި ދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ރަނގަޅު ފެންވަރެއްގައި އޮޑިދޯނިފަހަރުގެ ވަޑާމުގެ މަސައްކަތާއި މަރާމާތުގެ މަސައްކަތްކުރުން؛ މިމަސައްކަތް ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި ދެވިފައިވާ ގަޑިއަށް މަސައްކަތްތައް ނިންމުން.

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 05 އޮގަސްޓް އިން 12 އޮގަސްޓް 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ޓްރާންސްޕޯރޓް ސަރވިސަސް ޑިޕާރޓްމަންޓް

މަޤާމް:

ކަސްޓަމަރ ސަރވިސް އެސިސްޓެންޓް

ބޭނުންވާ އަދަދު:           

07 (ޕްރޮވިންސް) މ، ފ އަދި ދ އަތޮޅު

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

މުސާރަ:        

  • -/6640ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
    • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ޕްރޮވިންސް (މ، ފ އަދި ދ އަތޮޅު)

ޝަރުޠު                 

  • ގްރޭޑް 07 ނިންމާފައިވުން  
  • ކޯސްޓަލް ނެވިގޭޝަންގެ ކުރޫ ސެޓިފިކެޓް ފުރިހަމަކޮށްފައިވުން.
  • ފަތަންދަތުމާއިއެކު ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
  • ޚިދުމަތްހޯދާފަރާތްތަކަށް އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކަނޑުގައި ދުއްވާ އުޅަދުފަހަރަށް ހެދިފައިވާ ޤަވައިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަދުފަހަރު ދުއްވުމުގައި އެއުޅަދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަދު ސާފުތާހިރުކޮށް ބެލެހެއްޓުން މީގެ އިތުރުން ފެރީ ތަކުގައި ޕެސެންޖަރުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 05 އޮގަސްޓް އިން 12 އޮގަސްޓް 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ޑްރެޖިންގ އެންޑް ސްޕެޝަލް ޕްރޮޖެކްޓްސް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

އޮޕަރޭޓަރ (ޑޮމެސްޓިކް ޓަގު/ވޯކް ބޯޓް)

ބޭނުންވާ އަދަދު:           

02

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް:

  •  10000-11000/-އާއި ދެމެދު.
  • ހުރުމާއި ކެއުން ޓަގުގައި ހަމަޖެހިގެން ދާނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޑޮމެސްޓިކް ޓަގުގައި

ޝަރުޠު                 

  • ޓަގު ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C,D,E,F ކެޓަގަރީ)
  • ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނީން ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި އެއްގޮތަށް ފަޅުވެރިންނާއި، މުދަލާއި އުޅަދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

 

  •  

މަޤާމް:

ޓެކްނިކަލް އެސިސްޓަންޓް (ކުންފުނިން ކަނޑައަޅާ ސައިޓެއްގައި)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް:

  • 7000-8000/-  އާއި ދެމެދު.
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ހުރުމާއި ކެއުން ސައިޓްގައި ހަމަޖެހިގެން ދާނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ު(ކުންފުނިން ކަނޑައަޅާ ސައިޓެއްގައި)

ޝަރުޠު                 

  • އިންޖިނިއަރިންގ/ އިލެކްޓްރިކަލް/ ވެލްޑިންގ ފަދަ ފަންނީ ދާއިރާއަކުން މަސައްކަތްތައް ކުރުމުގެ ޝައުގުވެރިކަން ނުވަތަ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މެކޭނިކުންނާއި، ވެލްޑަރުންނާއި، ކަރަންޓުގެ މަސައްކަތް ފަދަ ފަންނީ މަސައްކަތްތަށް ދަސްކޮށް އެކަމުގައި އަތްގާތްކޮށްދިނުން.

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 05 އޮގަސްޓް އިން 12 އޮގަސްޓް 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

އިންޓާނަލް އޮޑިޓް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

     

މަޤާމް:

އޮޑިޓަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރއި ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

ދެފަރާތް އެއްބަސްބާގޮތުގެ މަތީން.

އެހެނިހެން އެލަވަންސް/އިނާޔަތް : 

  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް / ހ. ސޯމިލް

ޝަރުޠު                 

  • ޑިގްރީ އިން އެކައުންޓިން, ,އޮޑިޓިންގ ނުވަތަ އޭސީސީއޭގެ ސްކިލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ ޑިޕްލޮމާ އިން އެކައުންޓިންގ ނުވަތަ އޮޑިޓިންގ ފުރިހަމަކޮށްފައިވުމާއި އެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތްކޮށްފައިވާކަމުގެ ލިޔުން އޮތުން
  • އެކައުންޓިންގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މެނޭޖްމަންޓް ގެ މައުލޫމާތު ލިބިފައިވުމާއިއެކު އެފަދަ ނިޒާމްތަށް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
  • މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • އިންޓާނަލް އޮޑިޓްގެ އެންމެހައި މަސައްކަތްތައް ކުރުމާއި އެކަމާގުޅިގެން ކުރަންޖެހޭ ދިރާސާތަކާއި ފޮލިސީތައް ދެމެހެއްޓުމައްޓަކައި ނަގަންޖެހޭ ފިޔަވަޅުތަކުގެ ރިޕޯޓްތައް ތައްޔާރުކުރުން. އަދި އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 05 އޮގަސްޓް އިން 12 އޮގަސްޓް 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޮގަސްޓް 2019 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001100/ 3001127 / 3001139 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

29 ޖުލައި 2019

29 ޖުލައި 2019
ހޯދާ