މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ވީ.އާރު.ވީ އެއަރ ކޮންޑިޝަން އަދި ފްރެޝް އެއަރ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

 

        ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ވީ.އާރު.ވީ އެއަރ ކޮންޑިޝަން އަދި ފްރެޝް އެއަރ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 31 ޖުލައި 2019 ވާ ބުދަަ ދުވަހުން ފެށިގެން 06 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 07 އޯގަސްޓް 2019 ވާ ބުދަ ދުވަހު ހެނދުނު 10:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އަދި ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަދި ލ.ގަން ރީޖަނަލް ހޮސްޕިޓަލް ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 07 އޯގަސްޓް 2019 ވާ ބުދަ ދުވަހު ހެނދުނު 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

26 ޒުލްގައިދާ 1440

29 ޖުލައި 2019
ހޯދާ