މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ވަޒީފާގެ ފުރުސަތު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

 

 

މަޤާމް: ލީގަލް އެންޑް ލައިސަންސިންގ ކޯޑިނޭޓަރ

ގްރޭޑް: 1

ޑިޕާޓްމަންޓް: ލީގަލް އެފެއާޒް ،މޮނިޓަރިންގ އެންޑް ލައިސަންސިންގ

ސެކްޝަން :ލީގަލް އެންޑް ލައިސަންސިންގ

އަދަދު:1

މުސާރަ: -/8900 ރ

ލިވިންގް އެލަވަންސް: -/3000 ރ

ނޮން ޕްރެކްޓިސް އެލަވަންސް: -/2500ރ

އިތުރު އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
  • މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މި މިދާއިރާ އާއި ގުޅޭ ފީލްޑަކުން ޑިގްރީ ޙާޞިލް ކޮށްފައިވުން.
  • ދިވެހި އަދި އިގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެގުން.
  • މި ދާއިރާގައި މަސައްކަތްކުރުމުގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ  ލިބިފައިވުން.
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން.
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ލީގަލް އެންޑް ލައިސަންސިންގެ ސެކްޝަންގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. ޝަރުއީ އަދި ޤާނޫނީ ދާއިރާ އިން ކޮމިޝަނަށް ބޭނުންވާނެ ލަފާދިނުމަށްޓަކައި ހަދަންޖެހޭ ދިރާސާތައްހެދުމާއި އެފަދަކަންކަމަށް ތައްޔާރުކުރަންޖެހޭ ޖަވާބުތައްޔާރު ކުރުމާއި ކޮމިޝަނުން ނިންމާ ނިންމުންތައް ދިފާޢު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
    1. ކޮމިޝަންގެ ހުރިހާ ޑިޕާޓްމެންޓްތަކަށް ޤާނޫނީ ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
    2. ޤާނޫނުތައް ދިރާސާކޮށް ކޮމިޝަންގެ އިޙުތިޞާސްތަކާއި ފުށުއަރާ ދާއިރާތައް ފާހަގަކޮށް އެކަންކަން އިސްލާޙު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
    3. ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން،
    4. ބްރޯޑްކާސްޓިންގ އަދި ރީބްރޯޑްކާސްޓިންގ ލައިސަންސް ދޫކުރުމާއި އައުކޮށްދިނުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
    5. ފްރިކްއެންސީ ލައިސަންސް ދޫކުރުމާއި އައުކޮށްދިނުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
    6. ލައިސަންސް ދޫކުރުމާއި ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
      1. ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)
  3. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު

06 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

 

ވަޒީފާއަށް އެންމެގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނު.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް.
  • ދިވެހި އަދި އިގިރޭސި ބަހުން ލިޔަންދެވޭ ޓެސްޓުން ފާސްވުން.
  • ބްރޯޑްކާސްޓް ޕޮލިސީހެދުމުގެ މަސައްކަތްކޮށް އަދި ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ·        މިވަޒީފާއަށް ހޮވިއްޖެނަމަ، އަމިއްލަ  ޕްރޮފެޝަންއާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާގޮތް.

އިތުރު މައުލޫމާތު

ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން، ޕްރައިވެޓް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިދެވޭނެއެވެ.

އިންޓަރވިއު ކުރުން

މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334317 ނުވަތަ 3334333 ނަންބަރު ފޯނާއެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:  މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަ ދަންނަވައި  އަދި އީމެއިލް ގެ ޒަރިއްޔައިން ފޮނުވާ އެޕްލިކޭޝަން ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.އަދި އެޕްލިކޭޝަންތައް ހުންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި އިއުލާން ޖެހުމަށްފަހުއެވެ.

 

                                 22 ޛުލްޤައިދާ  1440 

                                 25   ޖުލައި   2019                  

25 ޖުލައި 2019
ހޯދާ