މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބްރެކް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ފުރުޞަތުތަކާ ގުޅޭ

ބްރެކް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ފުރުޞަތުތަކާ ގުޅޭ

 

        ބަންގްލަދޭޝްގެ ބްރެކް ޔުނިވަރސިޓީގެ، ބްރެކް ސްކޫލް އޮފް ޕަބްލިކް ހެލްތުގައި 2020-2021 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް ޕަބްލިކް ހެލްތު ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ދަރިވަރުންނަށް 31 ޖުލައި 2019ގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާކަން އެ ޔުނިވަރސިޓީ އިން ވަނީ އަންގާފައެވެ.

 

 މި ކޯހަށް ހޮވޭ ދަރިވަރުންގެ ކޯސް ފީ، ޓިކެޓާއި، މެޑިކަލް އިންޝޫރެންސް އަދި ލިވިންގ އެލަވަންސްގެ ދިނުމަށް ހަމަޖެހިފައިވަނީ މި ޔުނިވަރސިޓީގެ ފަރާތުންނެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް   http://www.http://bracjpgsph.org/index.php/mph/admission/forms ވެބްސައިޓުން ލިބޭނެ ކަމުގައިވެސް ދެންނެވީމެވެ. އަދި މި ކޯހާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންވެސް ލިބެން ހުންނާނެއެވެ.

 

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.  

23 ޖުލައި 2019
ހޯދާ