މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އީ-ގޭޓްފާސް ޕޯޓަލްގެ ޚިދުމަތް ތަޢާރުފު ކުރުން

ބޮންޑެޑް ވެއަރހައުސްތަކުން ދޫކުރާ ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް (އެތަކެތި ލިބެންޖެހޭ ހުއްދަ އޮންނަ ފަރާތްތަކަށް) އެތަކެތި ލިބުނުކަން ނުވަތަ ނުލިބޭކަން ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ކަސްޓަމްސްއަށް އެންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (ނަންބަރު: U-003/ފ2014)  2014 ފެބުރުވަރީ 18 ވަނަ ދުވަހު ވަނީ ކަސްޓަމްސްގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައެވެ. 2014 މާރިޗު 01 ވަނަ ދުވަހުން ފެށިގެން ބޮންޑެޑް ވެއަރހައުސްތަކުން ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ދޫކުރާނީ ހަމައެކަނި ކަސްޓަމްސް ޕޯޓަލްގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް މިއުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ތަކެތި ލިބުނުކަން ނުވަތަ ނުލިބޭކަން ނާންގާ ފަރާތްތައް 2014 މާރިޗު 01 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްގެ ޢާންމު ގަވާއިދު (ނަންބަރު:R-41/2011ފ) ގެ 264 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޖޫރިމަނާ ކުރެވޭނެއެވެ.

މިހެންކަމުން، ބޮންޑެޑް ވެއަރހައުސްތަކުން ބަނގުރަލާއި އޫރުމަހާ ގުޅޭގޮތުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކަސްޓަމްސް ޕޯޓަލްގައި ރަޖިސްޓަރީ ނުވެތިބި ފަރާތްތަކުން، 2014 ފެބުރުވަރީ 28 ވަނަ ދުވަހުގެ ކުރިން ކަސްޓަމްސް ޕޯޓަލްގައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

ވީމާ، މިކަންކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރު 1435

19 ފެބުރުވަރީ 2014
ހޯދާ