މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޕޯސްޓުގެ މަގުން ރާއްޖެއަށް ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެއްޗާގުޅޭ

ޕޯސްޓުގެ މަގުން ރާއްޖެއަށް ގެންނަ ތަކެތި، އެތަކެތީގެ ވެރިފަރާތަށް އަވަހަށް ލިބިދިނުމަށްޓަކައި އެތަކެތި އެކްސްރޭކޮށް ދޫކުރެވޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހަމަޖައްސަވައިދެއްވާފައިވާތީ، އެފަދަ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްއިން ފޯރުވައިދޭ ޚިދުމަތްތައް އަވަސްކޮށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން، އެފަދަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެއްޗަށް، ހުށަހަޅަންޖެހޭ ގުޑްސް ޑިކްލަރޭޝަން ހުށަހެޅުމާއި ޑިއުޓީ ދެއްކުމުގެ އިންތިޒާމު 2014 ފެބުރުވަރީ 25 ވަނަ ދުވަހުން ފެށިގެން ޕޯސްޓް އޮފީހުގައި ހުންނަ ކަސްޓަމްސްގެ މާލޭ އެކްސްޕްރެސް ކާގޯ ޕޯސްޓުގައި ހަމަޖެހިފައި ހުންނާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރު 1435

19 ފެބުރުވަރީ 2014
ހޯދާ